މީދޫ ރަށްޔިތުން ފަޚުރުވެރިވާވަރަށް މީދޫގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޮށްދެއްވާނަން – ޝޫޒާ

advertisement

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި މީދޫ ދާއިރާގެ ކައުންސިލަރުގެ މަގާމަށް ހޮއްވަވައިދެއްވައިފިނަމަ މީދޫ ރަށްޔިތުން ފަޚުރުވެރިވާވަރަށް މީދޫގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޮށްދެއްވާނެކަމަށް މީދޫދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކުރެއްވި ޝޫޒާ ވިދާޅުވެއްޖެވެ.

ޝޫޒާ މިހެން ވިދާޅުވީ އެމްޑީޕީ ޕްރައިމަރީގައި އައްޑޫސިޓީގެ މޭޔަރުގެ މަގާމަށް މިހާރު އައްޑޫސިޓީގެ މޭޔަރުގެ މަގާމް އަދާކުރައްވާ  އަބްދުﷲ ސޯދިގު ( ސޯބެ ) އާއި ވާދަކޮށް ބޮޑުތަފާތަކުން  ކުރި ހޯއްދެވި އަލީ ނިޒާރު  ހުޅުދޫއާއި މީދޫގެ ރަށްޔިތުންނާއި ބައްދަލުކުރެއްވުމަށް ހުޅުދޫއާއި މީދޫއަށް ވަޑައިގެން ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

” އަޅުގަޑު މިގޮޑިއަށް ހޮއްވަވައި ދެއްވައިފިނަމަ ރަށާ ގުޅުންހުރި އެއްވެސް ކަމެއް ނިންމާއިރު އެކަމެއް ނިންމާނީ ރަށުގެ ރަށްޔިތުންނާއި މަޝްވަރާކޮށް އެންމެންގެ މަޝްވަރާގެ މަތިން އެންމެންނަށް ފެންނަ ގޮތަކަށް ، އަދި  އަޅުގަޑު ދެކޭ ގޮތުގައި މީދޫ ތަރައްގީކުރެވޭނީ ހަމައެކަނި މީދޫ ތަރައްގީވެގެނެއްނޫން ، ޖެހިގެން އޮތް ހުޅުދޫވެސް ތަރައްގީކުރެވިގެން ، އަދި ހުޅުދޫއާއި މީދޫ ތަރައްގީކުރެވޭނީ އައްޑޫސިޓީ ތަރައްގީކުރެވިގެން ، އަޅުގަޑު މިކަމަށް ކުރިމަތިލީ  މުޅި އައްޑޫސިޓީ ޚާއްސަކޮށް މީދޫގެ ތަރައްގީއަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުމަށް އަޒުމް ކަޑައަޅައިގެން ” ޝޫޒާ ވިދާޅުވިއެވެ.

މީގެ އިތުރަށް ޝޫޒާ ވިދާޅުވީ  ޕްރައިމަރީ ކާމިޔާބުކުރެވުނީ އެމްޑީޕީގެ ހުރިހާ މެމްބަރުން ވަރަށް ފުރިހަމައަށް އަދި ވަރަށް ބުރަކޮށް މަސައްކަތްކޮށްދެއްވައިގެން ކަމަށާ އެހެންކަމުން އެބޭފުޅުން އެކޮށްދެއްވި މަސައްކަތުގެ އަގުވަޒަންކޮށް އެބޭފުޅުންންށް ވަރަށްބޮޑަށް ޝުކުރު އަދާކުރައްވާކަމަށެވެ.

ޝޫޒާ މީދޫދާއިރާގެ އެމްޑީޕީގެ  ޓިކެޓު ކާމިޔާބުކޮށްފައިވަނީ  ހުކުރު ދުވަހު ބޭއްވުނު އެމްޑީޕީގެ ޕްރައިމަރީގައި  ނާދިޔާއާއި ވާދަކޮށް 34  ވޯޓުން ކުރި ހޯއްދަވައިގެންނެވެ.

މީދޫގެ ވޯޓުފޮށިން ޝޫޒާއަށް 214 ވޯޓް ލިބިފައިވާއިރު މާލޭގައި ބެހެއްޓުނު ވޯޓް ފޮށިން ޝޫޒާއަށް ލިފައިވަނީ 91 ވޯޓެވެ. އެހެންކަމުން ޖުމްލަ ޝޫޒާއަށް ލިބިފައިވަނީ 305 ވޯޓެވެ.

މީދޫގެ ވޯޓްފޮށިން ނާދިޔާއަށް 236 ވޯޓް ލިބިފައިވާއިރު މާލޭގައި ބެހެއްޓުނު ވޯޓް ފޮށިން ނާދިޔާއަށް ލިބިފައިވަނީ 35 ވޯޓެވެ. އެހެންކަމުން ޖުމްލަ ނާދިޔާއަށް ލިބިފައިވަނީ ޖުމްލަ 271 ވޯޓެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫސިޓީ މީދޫދާއިރާއިން އެމްޑީޕީން ވާދަކުރާނެ ބޭފުޅަކަށް  އާއިޝަތު ޝޫޒާ ހޮވުނުއިރު އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ރަޝީދާ އަންނަނީ  ކައުންސިލް އިންތިޚާބުގައި މީދޫދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވާ  ކެމްޕެއިން ކުރައްވަމުންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މޯލްޑިވިއަނުން ކޮޗިންއާއި ޓްރިވެންޑްރަމް ދެކޮޅު ޓިކެޓުގެ އަގު ހެޔޮކޮށްފި

މޯލްޑިވިއަން އެއަރލައިނުން ކޮޗިންއާއި ޓްރިވެންޑްރަމަށް ދަތުރުކުރާ ޓިކެޓުގެ އަގު ހެޔޮކޮށްފިއެވެ. މާރޗް 23 އިން 30 ގެ ނިޔަލަށް ...

ރައީސް ޔާމީންގެ ފަރާތްޕުޅުން ފެނިގެން ދިޔައީ ކަޅުތުއްކަލާގެ ރިވެތި އުޞޫލު – ޝިފާޤު މުފީދު

ދިވެހި ރަސްކަމުގެ ތާރީޚުގައި ޤައުމަށް ކުރިމަތިވި އެންމެ ބޮޑު އެއް ނުރައްކަލުން ސަލާމަތްކޮށްދެއްވި ކަޅުތުއްކަލާގެ ފަރާތްޕުޅުން ފެނިގެންދިޔަ ހިތްވަރުގަދަ ...

ބަދަހިކަޕް: ވެމްކޯ ޕޮލިސް ބައްދަލުކުރާ މެޗް – މިމުބާރާތުގައި ކުޅެވޭ އެންމެ ފޯރިގަދަ ވާދަވެރި މެޗް

ބަދަހިކަޕް ނެޓްބޯޅަ މުބާރާތުގައި މިރޭ އޮންނަ ފުރަތަމަ މެޗަކީ ފޯރިގަދަ މަރުގެ މެޗަކަށް ވެގެންދާއިރު  ނެޓްބޯޅައަށް ލޯބިކުރާ ގިނަ ...