ކޮވިޑް19 – މިއަދު މާލެން ޕޮޒިޓިވްވި މީހާއި ކޮންޓެކްޓްވި 2 މީހަކު އައްޑޫގައި އެބައުޅޭ- ޑރ. ނަޒްލާ

މާލެ އިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާއި މީގެ ދެ ދުވަސް ކުރިން ފެށިގެން ކްލޯޒް ކޮންޓެކްޓެއްގެ ގޮތުން ކޮންޓެކްޓް ވެފައި ތިބި މީހުންގެ ތެރެއިން ދެމީހަކު އައްޑޫގައި އެބަތިބިކަމަށާ އެމީހުން ހޯދާ އެމީހުންގެ ހާލަތު ބަލަމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން މިއަދު ހަވީރު ބޭއްވި  ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވެފައިވަނީ ޕޮޒިޓިވް ވި މީހާއާއި ސީދާ ކޮންޓެކްޓްވި 54 މީހަކު މި ވަގުތާއިހަމައަށް އައިސޮލޭޓް ކުރެވިފައިވާކަމަށެވެ. އަދިވެސް އިތުރަށް ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ހަމަ ވަރަށް ބާރަށް ކުރިޔަށް ދާކަމެވެ.

“ޤަބޫލު ކުރެވޭ ގޮތުގައި އިތުރު ފަރާތްތަކެއް މިއަދުވެސް ހަމަ އައިސޮލޭޓް ކުރެވިގެންދާނެ” ޑރ. ނަޒްލާ ވިދާޅުވެފައިވެއެވެ.

ނަޒްލާ އިތުރަށް ވިދާޅުވެފައިވަނީ ރައްކާތެރި ވުމުގެ ގޮތުން ބަލިމީހާއާއި އެންމެ ގާތްކޮށް އުޅުނު ބައެއް ފަރާތްތަކާވެސް ކޮންޓްރެކްޓް ވި މީހުންގެ ލިސްޓް މިވަގުތު ހޯދަމުން ދާކަމަށާއި އަދި އެފަރާތްތައް މިވަގުތު ގޭގައި މަޑުކޮށްލުމަށް ބުނެފައި ވާނެކަމަށެވެ. ސީދާ އައިސޮލޭޝަންއަށް އެމީހުން އަދި ނުގެންދާކަމަށާއި، ނަމަވެސް މި ކޭސްގެ ކަންތައް ކުރިޔަށް ދާގޮތުން އެބޭފުޅުންވެސް އައިސޮލޭޝަންއަށް ލާންޖެހިދާނެކަމުގައި ނަޒްލާ ވަނީ ވިދާޅުވެފައެވެ. އެއީ ގާތްގަނޑަކަށް 55 ކޮންޓެކްޓުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މިގެ އިތުރުން ބަލި ޖެހުނު ފަރާތްތައް ބަލި ޖެހުނީ ކިހިނެތްތޯއާއި ސޯސްއަކީ ކޮބާތޯ ހޯދުމަށް މި ކޭސް އިންވެސްޓިގޭޝަންވެސް ކުރިޔަށް ދާކަމުގައި ނަޒްލާ ވަނީ ވިދާޅިވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަހުލޫފްއާ މެދު ތަފާތު ގޮތަކަށް ޢަމަލު ނުކުރަން: ޕީޖީ

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗައް އުފުލާފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ތަފާތު ގޮތަކަށް އަމަލު ކުރަމުން ނުދާކަމަށް ...

އެއަރ އިންޑިއާގެ ޝެޑިއުލް ދަތުރުތައް ހުކުރުދުވަހު ރާއްޖެއަށް ފަށަނީ

އެއަރ އިންޑިއާގެ ޝެޑިއުލް ދަތުރުތައް އަންނަ ހުކުރުދުވަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ ކޯވިޑް19 އަށްފަހު އެ އެއަރލައިނުން ...

މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް- އަލީ އާޒިމް

މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ ...