ދައުރު ނިމޭއިރު ލަފާފުރުމުގެ ދަތިކަން އޮތް އެއްވެސް ރަށެއް ނޯންނާނެ: ރައީސް

މި ސަރުކާރުގެ ދައުރު ނިމިގެންދާއިރުގައި، ރާއްޖޭގައި ލަފާފުރުމުގެ ދަތިކަން އޮތް އެއްވެސް ރަށެއް ނޯންނާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ހުވަދުއަތޮޅު އުތުރުބުރީ ދާންދޫގައި އަލަށް އިތުރުކުރެވުނު ބިން ރަސްމީކޮށް ކައުންސިލާ ޙަވާލުކުރެއްވުމަށް ދާންދޫ ހިއްކި ބިން ސަރަޙައްދުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދާންދޫގައި އަލަށް އިތުރުކުރެވުނުބިން ރަސްމީކޮށް ކައުންސިލާއި ހަވާލްކުރުން- ފޮޓޯ: ރައީސް އޮފީސް

މިރަސްމިއްޔާޔުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށްރަށުގެ ބަނދަރު ހެދުމާއި، ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅުވައިލުމަކީ، ރާއްޖޭގެ އިޤްތިޞާދު، އޭގެ ހަލުވިމިނުގައި ކުރިއަރާނެ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ. އަދި އެއްތަނުން އަނެއް ތަނަށް މީހުންނަށް ދަތުރުކުރެވުމާއި، އެއްތަނުން އަނެއް ތަނަށް މުދާ ގެންދެވުމާއި، މިއީ އެއާނުލައި ޤައުމެއް ތަރައްޤީ ކުރެވޭނެ ކަންތައްތަކެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބައެއް މީހުންނަށް އެއީ ބޮޑު ހިލަ ބަނދަރަށް ވެދާނެ ކަމަށެވެ. އެހެން ނަމަވެސް ބަނދަރެއް އޮތުމުން ވާ ފަސޭހަ އިހްސާސް ކުރެވޭނީ، އެކަމުގެ ތަކުލީފާއި އުނދަގޫ އިޙްސާސްކުރާ މީހުންނަށާއި، ރަށްރަށުގައި އުޅޭ އޮޑިދޯނިފަހަރު ގެންގުޅޭ މީހުންނަށް ކަމަށް ވިދާޅުވިއެވެ.

”ކޮންމެ ރެޔަކު ހޭލައި، ބަނދަރުމަތީގައި ދޯންޏަށްވާގޮތް ބަލަން ތިބެންޖެހުނީމަކާ، އަނެއް ދުވަހަކު ތެދުވެ މަސައްކަތެއް ނުކުރެވޭނެ.” 

ރައީސް ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19- އައްޑޫ ސިޓީއިން މިއަދު ޕޮޒިޓިވްވެފައިވަނީ 7 މީހުން

އައްޑޫ ސިޓީއިން މިއަދު އިތުރު 7 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ ސިޓީއިން މިއަދު ޕޮޒިޓިވްވި ...

ނަޝީދުގެ ފޯނު ޖަހަގަތް ވާހަކައަކީ ގަރުނުގެ އެންމެބޮޑު ޖޯކު: ރޮޒޭނާ

އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި އިންނަވަނިކޮށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު ފޭރިގަތް ކަމަށް ބުނެ ...

އަނެއްކާވެސް 13 ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

އިތުރު 13 ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ...