ކޯވިޑް-19އަށް ޕޮޒިޓިވްވި އިތުރު މީހަކު ބަލިން ރަނގަޅުވެއްޖެ

ކޮރޯނާވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވި  މީހަކު ބަލިން ރަނގަޅުވެއްޖެކަމަށް ސަރުކާރުން ދެންމެ ހާމަކޮށްފި އެވެ.

މިއަދު އިތުރުމީހަކު ބަލިން ރަނގަޅުވުމާއެކު، ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދުވަނީ ތިނަކަށް އަރާފައެވެ. ކޯވިޑް-19އިން މީހަކު ރަނގަޅުވިކަން ޑޮކްޓަރުން ޔަގީންކުރަނީ ދެފަހަރަށް ޓެސްޓް ހެދުމަށްފަހު ނަތީޖާ ނެގެޓިވްވުމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ ޑރ. މުރާދު ވިދާޅުވީ މިއަދު ކޯވިޑް-19އިން ރާއްޖެއިން ރަނގަޅުވި މީހަކީ ކުރެއްދޫ ރިސޯޓުން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔަ ބަލިމީހެއް ކަމަށެވެ.

މިއަދު ކޯވިޑް-19އިން ރަނގަޅުވި މީހާ އެންމެފުރަތަމަ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުގަ އެވެ. އަދި އޭނާގެ ހާލު ގޯސްނުވިނަމަވެސް މިމަހުގެ 18 ވަނަ ދުވަހާއި ހަމަޔަށް ފަރުވާ ދިނުމަށްފަހު ޓެސްޓް ހަދާފައިވާކަމަށް ޑރ. މުރާދުވަނީ ވިދާޅުވެފައެވެ. އަދި 18 ވަނަ ދުވަހު ހެދި ޓެސްޓް ނެގެޓިވްވުމުން، އަނެއްކާވެސް އިއްޔެ އިތުރު ޓެސްޓެއް ހަދާފައިވާކަމަށް ޑރ. މުރާދުވަނީ ވިދާޅުވެފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އާ ވޭރިއަންޓްތައް އައުން ނުހުއްޓުވޭނެ، ފެތުރުން ލަސްކުރެވިދާނެ: ނަޒްލާ

ކޮވިޑް-19 ގެ އާ ވޭރިއަންޓްތައް އައުން ނުހުއްޓުވޭނެ ކަމަށާއި، ނަމަވެސް ވޭރިއަންޓު ފެތުރުން ލަސްކުރެވިދާނެ ކަމަށް ހެލްތް އިމަޖެންސީ ...

މީދޫ ޓާފް ދަނޑު ހުޅުވައިފި

މީދޫގައި ސަރުކާރުން ތަރައްގީ ކުރި ޓާފް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ. އާދީއްތަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ދަނޑު ...

ފުވައްމުލަކު ޓިވެޓް ސެންޓަރ: އެންވަޔަރަންމަންޓަލް ޓެކްނޮލޮޖީ ދާއިރާއަށް ޚާއްސަ

ފުވައްމުލަކުގައި ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތަށް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ. މި ...