ކޮރޯނާވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު 14750 އަށް އަރައިފި

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 14،750 އަށް އަރައިފިއެވެ.

މި ބަލި ޖެހިގެން މިހާތަނަށް 14،750 މީހަކު މަރުވެފައިވާއިރު މިހާތަނަށް މި ބަލި ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އިޓަލީއިންނެވެ. އެގައުމުން މިހާތަނަށް 5,476 މީހަކު ވަނީ މަރުވެފައެވެ. ދެވަނައަށް އެންމެ ގިނަ މީހުން މަރުވި ޗައިނާއިން 3,261 މީހަކު ވަނީ މަރުވެފައެވެ.

އިރާނުން ކޮވިޑް-19 ޖެހިގެން މިހާތަނަށް 1،685 މީހަކު މަރުވެފައިވާއިރު، ސްޕެއިން އިން 1772 މީހަކު ވަނީ މަރުވެފައެވެ. އަދި ފުރާންސުން ވަނީ 674 މީހަކު މަރުވެފައެވެ.

މުޅި ދުނިޔެއިން މިހާތަނަށް 343,543 މީހަކު މިވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެތެރެއިން 97,630 މީހަކު މިހާރު ވަނީ މިބަލިން އެއްކޮށް ރަނގަޅުވެފައެވެ.

މި ބަލި ޖެހިގެން އާންމުކޮށް މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި، ނޭވާލާ ނިޒާމުގެ އެކި ބަލިތައް ހުންނަ މީހުންނާއި، އަދި އެކި ބޮޑެތި ބަލިތައް ހުންނަ މީހުންނެވެ.

ޗައިނާގެ ވުހާން އިން ފެތުރެން ފެށި ކޮވިޑް-19 މިހާރު މިވަނީ ރާއްޖެއިންވެސް ފެނިފައެވެ. މިހާތަނަށް ރާއްޖެއިން 13 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެހެންނަމަވެސް އަދި އެއްވެސް ދިވެއްސަކު މި ބައްޔަށް ފައްސިވެފައެއް ނުވެއެވެ

ކޮރޯނާ ވައިރަސް އާއި ބެހޭ އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް ތިރީގައިވާ ލިންކު ބައްލަވާ ލައްވާ

https://bnonews.com/index.php/2020/03/the-latest-coronavirus-cases/

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19: ރާއްޖެ އިން އިތުރު 27 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު 27 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ ބަގްލާދޭޝްގެ 18 ...

އެސްޓީއޯގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް ރަށްރަށުގައި ވިއްކާނެ އެޖެންޓުން ހޯދަނީ

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް، ރާއްޖޭގެ ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދޭނެ ...

ހިތަދޫ ގެއެއްގެ ގޯތިތެރޭގައި ބާއްވާފައި އޮތް ކާރެއްގައި އަލިފާން ރޯކޮށް އަންދާލައިފި

ސ.ހިތަދޫ ދިރާމުލި ގޯތި ތެރޭގައި ޕާކްކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށް އަންދާލައިފިއެވެ އެމްއެންޑީއެފް އިން ހާމަކޮށްފައިވާގޮތުގައި  ރޭ ...