އާ ވޭރިއަންޓްތައް އައުން ނުހުއްޓުވޭނެ، ފެތުރުން ލަސްކުރެވިދާނެ: ނަޒްލާ

advertisement

ކޮވިޑް-19 ގެ އާ ވޭރިއަންޓްތައް އައުން ނުހުއްޓުވޭނެ ކަމަށާއި، ނަމަވެސް ވޭރިއަންޓު ފެތުރުން ލަސްކުރެވިދާނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވެއްޖެއެވެ.

ނަޒްލާ މިހެން ވިދާޅުވީ ދެކުނު އެފްރިކާއިން ފެނިގެން އުޅޭ ކޮވިޑުގެ އާ ވޭރިއަންޓް އޮމިކްރޮންއާ ގުޅިގެން އެޗްއީއޯސީން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 ނަޒްލާ ވިދާޅުވީ، ފާއިތުވި 24 ގަޑިއިރު ތެރޭގައި ވެސް އެހެން ގައުމުތަކުން ވެސް އާ ވޭރިއަންޓް ފެނިފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް އެ ވޭރިއަންޓް އައުން ނުހުއްޓުވޭނެ ކަމަށާއި ނަމަވެސް ރާއްޖޭގައި އެވޭރިއަންޓް ފެތުރުން ލަސްކުރެވިދާނެ ކަަމަށެވެ.

މިބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ނަޒްލާ ވިދާޅުވީ އައުވޭރިއެންޓާއި ގުޅިގެން ރާއްޖެ އައުން މަނާކުރި ގައުމުތަކަށް ފާއިތުވި 14 ދުވަސްތެރޭ ދަތުރުކުރި ފަރާތްތައް ޓެސްޓްކުރަން ނިންމާފައިވާ ކަމަށެވެ. އަދި ވޭރިއަަންޓް ފެތުރުން ކުޑަކުރުމުގެ ގޮތުން ރާއްޖެ އަންނަ ފަތުރުވެރިން ޕީސީއާރު ޓެސްޓުތައް ހަދާފައި ހުރިތޯ ބަލައި ވެކްސިން ފުރިހަމަކޮށްފައިވާ މިންވަރު ބެލުން އިތުރަށް ހަރުދަނާކުރާނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް-19 ގެ އާ ވޭރިއަންޓާ ގުޅިގެން ހަތް ގައުމަކުން ރާއްޖެއަށް މީހުން އެތެރެވުން މަނާ ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާފައިވެއެވެ. އެއީ މި ވޭރިއެންޓް ފުރަތަމަ ފެނުނު ދެކުނު އެފްރިކާ އާއި ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓިނީއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން މިދާ ނުރައްކާތެރި ކޮވިޑްގެ އައު ވޭރިއަންޓް “އޮމިކްރޯން” ދެކުނު އެފްރިކާގެ ސައިންސްވެރިން ދެނެގަނެފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ. އެއީ ނޮވެމްބަރ މަހުގެ 14ން 16ށް ނަގާފައިވާ ސާމްޕަލަކުންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މޮނީޓަރިންގެ ހާލަތު ނެތް ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދެނީ

ކޮވިޑް-19 އާ ގުޅިގެން މޮނީޓަރިންގެ ހާލަތު ނެތް ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ ...

ކޯވިޑް-19 : މާލެ ފުރަބަންދަށް އަނެއްކާވެސް 24 ގަޑިއިރު އިތުރުކޮށްފި

މާލެސިޓީ ސަރަޙައްދު، ކުރިއަށް އޮތް 24 ގަޑިއިރުވެސް ފުރަބަންދުގައި ބާއްވަން ނިންމަވައިފިއެވެ. މާލޭގައި ދިރިއުޅޭ ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވް ...

ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނަކަށް އަނެއްކާވެސް ރާއްޖެ

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ “ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން” އެވޯޑް ދެވަނަ ފަހަރަށް ...