ކޯވިޑް19 އަށް ހޭލުންތެރިކުރުމަށް ފުވައްމުލައް ސިޓީގައި ބެނާތަކެއް ހަރުކޮށްފި

މިހާރު މުޅި ދުނިޔޭގައި ފެތުރިގެން އުޅޭ ކްރޯނާވައިރަސް ނުވަތަ ކޯވިޑް19 އަށް އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި ކަމާއި ގުޅޭ މައުލޫމާތު ހިމެނޭ ބެނާތަކެއް ހަރުކޮށްފިއެވެ.

އެގޮތުން ފުވައްމުލައް ސިޓީގެ 4 ސަރަހައްދެއްގައި ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ބެނާ ހަރުކޮށްފައެވެ. މިބެނަތައް ހަރުކޮށްފައިވަނީ ފުވައްމުލައް ސިޓީ ރިންގްރޯޑުގަ (ތާރުމަގު)އެވެ. މިއީ މި ބެނާތަކުގައި ދިވެހިބަހާއި އިނގިރޭސި ބަސް އަދި ބަންގާޅު ބަހުން ކަމާއި ގުޅޭ މައުލޫމާތު ހިމަނާފައި ވެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލާއި ފުވައްމުލައް ހޮސްޕިޓަލް ގުޅިގެން ފުވައްމުލައް ސިޓީގައި ދިރިއުޅޭ މީހުން ކޯވިޑް19 އަށްހޭލުންތެރި ކުރުމުގެ ގޮތުން އަންނަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބައްޔާބެހޭ މައުލޫމާތު ފުޅާ ދާއިރާއެއްގައި ރަށުގައި ދިރިއުޅޭ އެންމެނަށް ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ. ގޭގެއަށް ގޮސް ބައްޔާއި ގުޅޭ މައުލޫމާތު ހިއްސާކުރުމާއި ބަލީގެ މައުލޫމާތުގެ ލުއި ފޮތްތައް ގޭގެއަށް ބެހުން ހިމެނެއެވެ.

ނަމަވެސް ފުވައްލައް ސިޓީގައި ކޯވިޑް 19 އަށް ޝައްކުކުރެވޭ މީހަކު ވެސް ހުރިކަން މިހާތަނަށް އެނގިފައެއް ނުވެއެވެ. މިހުރިހާ މަސައްކަތަކީ ވެސް ބަލިއައުމުގެ ކުރިން ރައްކާތެރިކަމުގެ ގޮތުން ކުރެވޭ މަސައްކަތްތަކެކެވެ.

މުޅި ރާއްޖެއިން ވަނީ މިހާތަނަށް 13 މީހުން ކްރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައެވެ. އެއީ މުޅިންވެސް ރިޒޯރޓް ތަކުގެ ބިދޭސީ މުވައްޒަފުންނާއި ގެސްޓުންނެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މ. ވޭވަށުގެ އާ އިންޖީނުގެއާއި ފެނަކަ އޮފީސް ހުޅުވައިފި

މ. ވޭވަށުގެ އާ އިންޖީނުގެއާއި ފެނަކަ އޮފީސް ހުޅުވައިފިއެވެ. މި އިންޖީނުގެ ހުޅުވާފައިވަނީ މިއަދު އެ ރަށުގައި ބޭއްވި ...

“ދަރުމަވަންތަ ހޮސްޕިޓަލް އަންނައަހަރު ކުރީކޮޅު ހުޅުވޭވަރުވާނެ އަދި އައްޑޫގައި ޤާއިމުކުރާ ޓަރޝަރީ ހޮސްޕިޓަލް އަންނަ ޑިސެމްބަރ މަހާހަމައަށް ނިންމޭނެ”

މިހާރުކުރިއަށްދާ މަސައްކަތްތަކަށް ބުރޫނާރައި ކުރިއަށްގެންގޮސްފިނަމަ ދަރުމަވަންތަ ހޮސްޕިޓަލް މިއަންނަ އަހަރުގެ ކުރީކޮޅު ހުޅުވޭވަރު ވާނެކަމަށާ އަދި އައްޑޫގައި ޤާއިމުކުރާ ...

ދެއްކުމުގެ ލައިސަންސް ނެތް ޗެނަލްތައް ދައްކާނަމަ ރިޕޯޓް ކުރުމަށް އެމްބީސީން އެދިއްޖެ

ވޯލްޑް ކަޕްގެ މެޗްތައް ދެއްކުމުގެ ލައިސަންސް ނެތް ފަރާތްތަކުން، ހުއްދަ ނެތް ޗެނަލްތައް ނުދެއްކުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ...