މ. ވޭވަށުގެ އާ އިންޖީނުގެއާއި ފެނަކަ އޮފީސް ހުޅުވައިފި

މ. ވޭވަށުގެ އާ އިންޖީނުގެއާއި ފެނަކަ އޮފީސް ހުޅުވައިފިއެވެ.

މި އިންޖީނުގެ ހުޅުވާފައިވަނީ މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުއެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި ފެނަކައިގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަށުގެ އާ އިންޖީނުގެ ހުޅުވާފައިވަނީ 29 އަހަރުވީ ކުރީގެ އިންޖީނުގެ ނިއްވާލުމަށްފަހުއެވެ. މިހާރު ފެނަކަ ކޯޕަރޭޝަނުން އެ ރަށުގައި ހިދުމަތް ދޭނީ އާ އިންޖީނުގެއިންނާއި އާ އޮފީސް އިމާރާތުންނެވެ.

ވޭވަށުގައި ކުރިން ހުރި އިންޖީނުގެއަކީ 61 އަކަމީޓަރުގެ ޖާގައިގެ އިންޖީނުގެއެކެވެ. ކުރިން ހުރި އިންޖީނުގޭގެ ކެޕޭސިޓީއަކީ 368ކިލޯވޮޓް ނަމަވެސް އަލަށް މިހުޅުވުނު އިންޖީނުގެ ޑިޒައިންކޮށްފައި ވަނީ 400 ކިލޯވޮޓް ގެ 3 ޖެންސެޓް ބަހައްޓައި ޚިދުމަތްދެވޭނެ ގޮތަށެވެ. އަލަށް މިހުޅުވުނު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ 448ކިލޯވޮޓް އެވެ.

އާ އިންޖީނުގޭގައި ހަތަރު މުވައްޒަފުންނަށް މަސައްކަތް ކުރެވޭއިރު އޮފީސް އިމާރާތުގައި 25 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީ: ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

އައްޑޫ ސިޓީގައި ޒުވާނަކު ދަންޖެހިގެން ނިޔާވެއްޖެއެވެ. އައްޑޫ ސިޓީން ނިޔާވެފައިވަނީ ފިރިހެނެކެވެ. އޭނާ ނިޔާވީ ދަންޖެހިގެންކަމަށާއި، ނިޔާވެފައި އޮއްވާ ...

ގައުމު ސްޓްރީޓް ކަޕް ފެށުމުގެ ގޮތުން ކުޅެވުނު ފުޓްސަލް މެޗް ހުޅުދޫ ފަރިޓީމް ކާމިޔާބުކޮށްފި

ގައުމުއެފްސީން އިންތިޒާމްކޮށްގެން މީދޫގައި މިރޭ ފެށުމަށް ހަމަޖެހިފައިވާ ” ގައުމު ސްޓްރީޓްކަޕް ” ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ހިމެނިގެން ...

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނާއި ހިތުގެ ފަރުވާގެ ހިދުމަތް ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކާޑިއެކް ހިދުމަތާއި ސީޓީގެ ހިދުމަތް ރަސްމީކޮށް ރޭ ފަށައިފި އެވެ. ކުޅުދުއްފުށީގައި ހުންނަ ހދ ...