ޔުއޭފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑުގެ ލިވަޕޫލް ކަޓައިފި އެވެ.

ލިވަޕޫލް ޗެމްޕިއަންސް ލީގުން ކަޓާފައިވަނީ ލިވަޕޫލްގެ ދަނޑުގައި ރޭ އެތުލެޓިކޯ މެޑްރިޑްއާއި ބައްދަލުކޮށް ކުޅެވުނެ ދެވަނަ ލެގްގެ މެޗުން 3 ލަނޑު 2 ލިވަޕޫލް ބަލިވުމުގެ ސަބަބުންނެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅެވުނު ފުރަތަމަ ލެގުގެ މެޗުންވެސް 1 ލަނޑު 0 ލަނޑުން ލިވަޕޫލް ބަލިވެފައިވުމާއެކު އެތުލެޓިކޯ މެޑްރިޑަށް ކުއާޓާ ފައިނަލުން ޖާގަ ލިބުނީ  4-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ރޭގެ މެޗްގެ ކުޅުމަށް ބަލާލާއިރު މެޗް ފެށުނީއްސުރެ ލިވަޕޫލުން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އެތުލެޓިކޯ ގޯލަށް ފޮނުވާލާފައެވެ. މިގޮތުން ފޮނުވާލި ގިނަ ބޯޅަތަކެއް އެތުލެޓިކޯގެ ކީޕަރުވަނީ ވަރަށްހުށިޔާރުކަމާއެކު ދިފާއު ކޮށްފައެވެ.

އެހެންނަމަވެސް ލިވަޕޫލުގެ ވައިނާލްޑަމް ބޮލުން ފޮނުވާލ ބޯޅައަކުން   މެޗްގެ 43  ވަނަ މިނިޓުގައި ލިވަޕޫލްވަނީ މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗްގެ ލީޑު ހޯދާފައެވެ.

ފުރަތަމަ ހާފު 1-0 ގެ ނަތީޖާއަކުން ނިމި ދެވަނަ ހާފްގެ ކުޅުން ފަށައިގެންވެސް  ފުރަތަމަ ހާފެކޭ އެއްގޮތަށް ލިވަޕޫލްގެ ކުޅުންތެރީން އެތުލެޓިކޯގެ ހާފްގެ ތެރޭގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް ލިވަޕޫލްގެ ގޯލަށް ފޮނުވަމުން ގޮސްފައިވެއެވެ. ނަތީޖާއެއްގެ ގޮތުން  އެތުލެޓިކޯގެ ކުޅުންތެރީން މުޅިން ފަހަތަށް ފައިބައިގެން ކައުންޓާ އެޓޭކް ކުރަން މަސައްކަތްކުރަމުން ގޮސްފައިވެއެވެ. އެހެންނަމަވެސް އިތުރު ލަނޑެއް ދެޓީމުން ކުރެ ޓީމަކަށް ކާމިޔާބުނުކުރެވި މެޗްގެ ފުރިަހަމަ ވަގުތު 1-0 ގެ ނަތީޖާއަކުން ނިމުމާގުޅިގެން އެގްރިގޭޓް ނަތީޖާ 1-1 ކުން އެއްވަރުވާތީ  އިތުރު ވަގުތު ކުޅެވުނެވެ.

އިތުރު ގަޑީގެ ވަރަށް ކުރީކޮޅު ލިވަޕޫލްގެ ފިރްމީނޯ ޖެހި ގޯލާއެކު އެގްރިގޭޓް ނަތީޖާ 2-1 ކުން ލިވަޕޫލްކޮޅަށް އެނބުރިގެން ދިޔައެވެ.

މިއާއެކު ޗެންޕިއަން ލިވަޕޫލް މެޗް ކާމިޔާބުކޮށް ކްއާޓާ ފައިނަލަށް ލިވަޕޫލް ދާނެކަމަށް ގިނަ ބަޔަކު ގަބޫލުކޮށްގެން ތިއްބާ އެތުލެޓިކޯގެ ލޮރެންޓޭވަނީ ކައިރިކައިރީގައި ދެގޯލް ޖަހައިގެން އެގްރީގޭޓުން އެތުލެޓިކޯއަށް ކުރި ހޯދާދީފައެވެ.

އަދި އިތުރު ގަޑީގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި އެތުލެޓިކޯގެ މޮރާޓާވަނީ އެޓީމަށް ތިން ވަނަ ގޯލް ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ 3-2 ކަށް ބަދަލުކޮށްދީފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އެތުލެޓިކޯގެ ކޯޗް ސިމިއޯނީ ބުނެފައިވަނީ މެޗަކީ ތާރީހުގައި ލިޔެވިގެން ދާނެ މެޗެއް ކަމަށާއި ލިވަޕޫލަކީ ވަރަށް މޮޅު ޓީމެއް ކަމަށެވެ. އޭގެ އިތުރުން ސިމިއޯނީ ވަނީ އެޓީމުގެ ކީޕަރު އޮބްލަކްއަށްވެސް ތައުރީފް ކޮށްފައެވެ. ސިމިއޯނީ ބުނީ އޮބްލަކްއަކީ މިވަގުތު ދުނިޔޭގަ ހުރި އެންމެ މޮޅު ގޯލް ކީޕަރުކަން ރޭގެ މެޗުން އޭނާ ސާބިތުކޮށްދީފައިވާކަމަށާ އެޓޭކް ކުރުމުގައި ބާސެލޯނާއަށް މެސީ މުހިންމުވާ ފަދައިން ޑިފެންސްގައި އެތުލެޓިކޯއަށް އޮބްލަކް މުހިންމުކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ އުނިސާރި މަގުގައި ތާރުއަޅައި ނިންމާލައިފި

މީދޫގައި ތާރުއަޅައިގެން ހަދަން ހަމަޖެހިފައިވާ މަގުތަކުގެ ތެރެއިން އުނިސާރި މަގުގައި ތާރުއަޅައި ނިންމާލައިފިއެވެ. މިގޮތުން މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ...

ވޯޓު ދޭނެ މީހާ ކަނޑައެޅުމުގައި ޒިންމާދާރުކޮށް ވިސްނަން ޖެހޭ – ސަބްރީ

” ޑިމޮކްރަސީގެ އެންމެ ބޮޑު ބާރަކީ ރައްޔިތުންގެ ވޯޓު . ވޯޓު ދޭނެ މީހާ ކަނޑައެޅުމުގައި ޒިންމާދާރުކޮށް ވިސްނަން ...

އަގު ހެޔޮކޮށް، މާލެ އާއި ރަށްރަށުގެ ވިޔަފާރި ކަރަންޓު ޓެރިފް އެއްހަމަކުރަނީ

މާލެ އާއި ރަށްރަށުގައި ހިންގާ ވިޔަފާރިތަކުގެ ކަރަންޓު ޓެރިފް ރޭޓުތައް، އެކި ގިންތިތަކަށް އެއްހަމަކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ...