އެންމެ މޮޅު އަންހެން 6 ކުޅުންތެރީންގެ ތެރޭގައި މީދޫގެ 2 ކުޅުންތެރިއަކު ހިމެނިއްޖެ

އައްޑޫސިޓީ މީދޫ ދާއިރާގެ މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތުން އިންތިޒާމްކޮށްގެން މަރަދޫފޭދޫ އަވަށުގައި ކުރިއަށް ގެންދިޔަ  ” އައިވީ މިކްސްޑް ވޮލީ މުބާރާތުގެ  ” އެންމެ މޮޅު އަންހެން 6 ކުޅުންތެރީންގެ ތެރޭގައި އެމްއީސީ މީދޫޓީމްގެ 2 ކުޅުންތެރިއަކު ހިމެނިއްޖެވެ.

މިމުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރީންގެ ތެރޭގައި ހިމެނުނު މީދޫޓީމްގެ 2 ކުޅުންތެރީންނަކީ ސުޒީއާއި އަޒާއެވެ.  މީގެ އިތުރަށް އެންމެ މޮޅު 6 ކުޅުންތެރީންގެ ތެރޭގައި ދެން ހިމެނުނީ މަރަދޫފޭދޫޓީމްގެ ހައްވާ އާސިމާ ، މަރަދޫފޭދޫ އޯލްސްޓަރގެ އާއިޝަތު ޝިފްނާގެ އިތުރަށް މިމުބާރާތުގެ ޗެމްޕިއަކަން ހޯދި ފޭދޫ ފާހި ޓީމްގެ ނުސްރާގެ އިތުރަށް އެޓީމްގެ އައިޝަތު ޝިފްނާއެވެ.

މިމުބާރާތުގެ ފައިނަލްމެޗްގައި  ސީދާ ތިންސެޓުން މީދޫޓީމް ބަލިކޮށް މިމުބާރާތުގެ ޗެމްޕިއަންކަން ފޭދޫޓީމުން ހޯދިއިރު މިދެޓީމް މިމުބާރާތުގެ 3 ވަނަ މެޗްގައި ވާދަކޮށް ކުޅުނު މެޗުން ސީދާ ތިންސެޓުން ކާމިޔާބުކުރީ މީދޫޓީމުކަން ފާހަގަކޮށްލަންޖެހެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑަބްލިއުޑީސީގެ ބައި-އިލެކްޝަން އަހަރަކު އެއް ފަހަރު ބާއްވަން ފާސްކޮށްފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވަން، ރައްޔިތުންގެ ...

މިރޭގެ ހަނދުކޭތައާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ

މި ރޭ ހިފާ ހަނދު ކޭތައަށްފަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާގޮތައްވަނީ ހަަޖެހިފައެވެ. ...

މާފުށީގައި ތުރުކީ ރައްޔިތެއް ގެނބިގެން މަރުވެއްޖެ

މާފުށީގައި ތުރުކީވިލާތުގެ ރައްޔިތަކު ގެނބިގެން މަރުވެއްޖެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސުން ބުނީ މަރުވެފައި ވަނީ އުމުރުން 40 އަހަރުގެ ...