ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ތާއީދު ބޭނުންވާކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެންވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްއަށް އެމަނިކުފާނު ހުށަހަޅުއްވާފައިވާ ގަރާރާ ގުޅޭގޮތުން ވާހަކަ ދައްކަ ދެއްކެވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރު ވެރިކަމަށް އައުމަށް ކޯލިޝަން ހަދަންޖެހޭ ކަމަށާއި، އަދި އެގޮތަށް ދިމާވުމުން ވަޒީރުންގެ މަޖިލީހުގެ ބޮޑު ބައެއް ކުދި ޕާޓީތަކަށް ލިބިގެންދާކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މި ދެންނެވި ކުދި ޕާޓީތަކަށް ގޮނޑި ލިބޭ މިންވަރު މަދުކަމަށާއި، އެގޮތަށް ދިމާވުމުން ވެރިކަމުގެ އޮނިގަނޑު ހަރާބުވާ ކަމަށެވެ. އަދި މިހާރު ނިކުންނަ ވެރިކަމުގެ އޮނިގަނޑުގެ މައްސަލަ ހައްލު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

ރައިސް ނަޝީދު ވިދާޅުވީ، މިހާރު ނިޒާމު އޮތްގޮތުން ކަމެއް ބޮޑުވެގެން ރައްޔިތުން ގުޅަނީ އެ ރައްޔިތުން ވޯޓުދީގެން ހޮވާ މެމްބަރަށް ކަމަށާއި، އެހެންނަމަވެސް ކަން ހިންގަން ތިބި ވަޒީރުންނަކީ އިންތިހާބުވާ ބަޔަކަށް ނުވުމުން ރައްޔިތުންނާ ވަޒީރުންނާ އޮންނަ ގުޅުން ކުޑަވާކަމަށެވެ.

އެމްޑީޕީ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 19 ވަނަ ދުވަހުއެވެ. ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ”ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އާންމު ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ގޮވާލާ ޤަރާރު“އަށް ތާއީދު ކުރައްވާފައިވަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދިރާގުގެ ބިލްތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތާއެކު ދިރާގު ޕާޓްނާ ފިހާރައެއް ހުޅުމީދޫގައި ހުޅުވައިފި

ދިރާގުގެ ބިލްތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތާއެކު ދިރާގު ޕާޓްނާ ފިހާރައެއް ހުޅުމީދޫގައި ހުޅުވައިފިއެވެ. މިއީ ދިރާގުން އަމިއްލަ ފަރާތްތަކާއި ...

މިސް ޔުނިވާސްގެ މަގާމު މެކްސިކޯގެ ރީތީގެ ރާނީއަށް

މިސް ޔުނިވާސްގެ މަގާމު މެކްސިކޯގެ ރީތީގެ ރާނީ އެންޑްރިއާ މީޒާ  ކާމިޔާބު ކޮށްފިއެވެ. އުމުރުން 26 އަހަރުގެ އެންޑްރިއާ ...

ކޮވިޑުގެ އާ ވޭރިއަންޓާ ގުޅިގެން އެފްރިކާގެ ހަތް ގައުމަކުން ރާއްޖެ އެތެރެވުން މަނާކޮށްފި

ކޮވިޑުގެ އާ ވޭރިއަންޓް، “އޮމިކްރޯން” އާ ގުޅިގެން އެފްރިކާގެ ހަތް ގައުމަކުން ރާއްޖެ އެތެރެވުން މަނާކޮށްފިއެވެ. ހެލްތު ޕްރޮޓެކްޝަން ...