ލެގަނެޒް ބަލިކޮށް ބާސެލޯނާ ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި

advertisement

ބާސެލޯނާ އިން ސްޕެނިޝް ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.

ބާސެލޯނާ ކޮޕާޑެލްރޭގެ ކުއާއާޓާފައިނަލުން ފުރުސަތު ހޯދީ  ރޭ ލެގަނެޒްއާއި ބައްދަލުކޮށް ކުޅުނުމެޗް 5 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްގެންނެވެ.

މިމެޗްގައި ބާސެލޯނާއިން ކާމިޔާބުކުރި 5 ލަނޑުގެ ތެރެއިން 2 ލަނޑު މެސީ ކާމިޔާބުކޮށްދީފައިވާއިރު ކްލެމެންޓް ލެންގްލެޓް 1 ލަނޑު ، ގްރީޒްމަން 1 ލަނޑު އަދި އާރްތުލް ވަނީ 1 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ރޭގެ މެޗް ބާސެލޯނާ ކާމިޔާބުކުރުމާއެކު ރޭގެ މެޗް ވެގެން ގޮސްފައިވަނީ  ބާސާ ޖާޒީގައި މެސީ ހޯދި 500 ވަނަ މޮޅެވެ. މިއާއެކު ސްޕެނިޝް ފުޓްބޯޅައިގެ ތާރީހުގައި އެންމެ ގިނަ މެޗު ކާމިޔާބުކުރި ކުޅުންތެރިއާގެ ޝަރަފް މެސީ އަށް ވަނީ ލިބިފައެވެ. މި ލިސްޓުގައި މެސީގެ ފަހަތުން ދެވަނަ ލިބެނީ  482 މެޗު ކާމިޔާބުކޮށްފައިވާ  ބާސާގެ ކުރީގެ ކެޕްޓަން ޒަވީ އެވެ. މިލިސްޓުން ތިންވަނަ ލިބެނީ  ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ކަސިޔަސް އަށެވެ.  ކަސިއަސް ވަނީ ސްޕެނިޝް ލީގުގައި  އޭނާ ހޭދަކުރި ދުވަސްތަކުގައި  463 މެޗު ކާމިޔާބުކޮށްފައެވެ.

ބާސާގެ އިތުރުން ރެއާލް މެޑްރިޑް ވެސް ވަނީ ކޮޕާޑެލްރޭގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދާފައެވެ. ރެއާލް ކްއާޓާފައިނަލުން  ޖާގަ ހޯދީ ރެއާލް ޒަރަގޯޒާއާ ދެކޮޅަށް ކުޅުނު މެޗުން 4 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްގެންނެވެ.

ސްޕެނިޝް ލީގަށް ބަލާއިރު  43 ޕޮއިންޓާއެކު ބާސެލޯނާ އޮތީ ތާވަލުގެ ދެވަނައިގައެވެ. 46 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ރެއާލްމެޑްރިޑް އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަޔެކްސް އާއި ބާސެލޯނާ ސެމީފައިނަލަށް

ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލުގެ ދެ ވަނަ މެޗުގައި، ޔުވެންޓަސްގެ 2-1 ން ބަލިކޮށް އަޔެކްސް މުބާރާތުގެ ސެމީފައިނަލަށް ...

ޔޫރޯ އަންޑަރ ޓުވެންޓީވަން ފުޓްބޯޅަ މުބާރާތް: ޖަރުމަން ޗެމްޕިއަންކަން ހޯދައިފި

ޔޫރޯ އަންޑަރ ޓުވެންޓީވަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޖަރުމަނުޓީމް ހޯދައިފިއެވެ. ޖަރުމަނުޓީމުން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅެވުނު ...

ބާސެލޯނާއިން ފަޞޭހަކަމާއެކު މަޔޯކާ ބަލިކޮށްފި

ކޮވިޑް-19 އާއި ގުޅިގެން މެދު ކަނޑާލާފައިވާ ސްޕެނިޝް ލަލީގާ އަލުން ފަށާފައިވާއިރު ލަލީގައި މަޔޯކާއަތުން މޮޅުވެ ޕޮއިންޓް ޓޭބަލުން ...