ކްރޯނާ ވައިރަސްގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ޤައުމުތަކުން ފެންނަމުންދާތީ ދުނިޔޭގެ ސިއްޚަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މުޅިދުނިޔެއަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.

މިކަމާއި ގުޅިގެން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނަރަލް ޑރ. ޓެޑްރޮސް އެޑްނަމް ވިދާޅުވީ މި އެލާޓަކީ ހަމައެކަނި ޗައިނާގައި މިބަލި ފެތުރެމުންދާތީ ނެރުނު އެލާޓެއްނޫންކަމަށެވެ. މިއީ ޗައިނާގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކުން މިބަލި ފެންނަމުންދިއުމާއި ގުޅިގެން މުޅިދުނިޔެއަށް ވައިރަސް ފެތުރިދާނެކަމުގެ ބިރުއޮތުމުން ނެރުނު އެލާޓެއް ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް އެ ޤައުމުން މަރުވި މީހުންގެ އަދަދު ވަނީ 213 އަށް އަރާފައެވެ. މިގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 42 މިހަކު މިބަލީގައި ވަނީ މަރުވެގެން ގޮސްފައެވެ.

ޗައިނާގެ އިތުރުން ދުނިޔޭގެ 18 އަށްވުރެ ގިނަ ޤައުމުން މި ވައިރަސް ފެނިފައިވާއިރު، މިހާތަނަށް އެކި ޤައުމުތަކުން 972 މީހުން މި ވައިރަހަށް ޕޮޒެޓިވް ވެފައިވާކަމަށް ޑައބްލިއުއެޗްއޯއިން ވަނީ ހާމަކޮސްފައެވެ.

އެޖަމިއްޔާއިން ބުނެފައިވަނީ މި ވައިރަސް މިހާތަނަށް ޖެހުނު ގިނަ މީހުންނަކީ ވައިރަސް ފެނުނު ޗައިނާގެ ވޫހާން ސިޓީން އެކި ޤައުމުތަކަށް ދަތުރުކުރި މީހުންކަމަށެވެ.

ރާއްޖެއިންވެސް ވަނީ ކޮރޯނާ ވައިރަސް އެތެރެވިޔަ ނުދިނުމަށްޓަކައި ރައްކާތެރިވުމުގެ ގޮތުން ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިސްރުގެ ޤުރުއާން މުބާރާތުން ޝާޔާ ހޯދި ކާމިޔާބީ ސަރުކާރުން ފާހަގަކުރައްވައިފި

މިސްރުގައި ބޭއްވި 29 ވަނަ “އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުއާން” މުބާރާތުން ނުބަލާ ...

މާރޗްމަހުން ފެށިގެން މުޅި ރާއްޖޭގައި އެއް ރޭޓަކަށް ކަރަންޓުގެ އަގު ކުޑަކުރާގޮތައް ހަމަޖައްސައިފި

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކަރަންޓުގެ ހިދުމަތް ދެމުންދާ ރޭޓުތައް އެއްވަރުކޮށް މާޗު މަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮ ...

މިސްޓަ މޯލްޑިވްސްގެ މަގާމު ޖެހިޖެހިގެން ދެވަނަ އަހަރު ޔާމީންހޯދައިފި

ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި މިސްޓަރ މޯލްޑިވްސް 2022 ގެ ޝަރަފް ޖެހިޖެހިގެން ...