ޝުކުރީގެ ކެމްޕެއިން ޖަގަހައެއް ހުޅުދޫގައި ހުޅުވައިފި

ކުރިއަށްއޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ހުޅުދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައ ވާދަކުރައްވަން ނިންމަވާފައިވާ ހުޅުދޫގެ މިހާރުގެ ކައުންސިލަރު އިބްރާހިމް  ޝުކުރީގެ   ކެމްޕެއިން ޖަގަހައެއް އިއްޔެ ހަވީރު ހުޅުދޫގައި ރަސްމީކޮށް ހުޅުވައިފިއެވެ. ޖަގަހަ ހުޅުއްވައިދެއްވީ ހުޅުދޫ ކްރޯޓަން ހަލީމުއެވެ.

ޝުކުރީގެ  ޓީމުންބުނީ އިއްޔެ ހަވީރު  ހުޅުދޫގައި ހުޅުވި ޖަގަހައަކީ ޝުކުރީގެ ކެމްޕެއިން ރަސްމީކޮށް ހުޅުދޫގައި  ފެށުމަށްޓަކައި ހުޅުވިޖަހައެއް ކަމަށެވެ.

މިޖަގަހަ  ރަސްމީކޮށް ހުޅުވުމަށް އިއްޔެ ހަވީރު ބޭއްވުނު ރަސްމިއްޔާތުގައި  ޝުކުރީއަށް ސަޕޯޓްކުރައްވާ ހުޅުދޫގެ ގިނައަދަދެއްގެ ޒުވާނުންގެ އިތުރަށް ހުޅުދޫގެ ކަމުވޮށިވެގެންވާ އިސްރައްވެހިންގެ ތެރެއިން ގިނަޢަދަދެއްގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ. އަދި މިރަސްމިއްޔާތުގައި ހުޅުދޫން ބައިވެރިވި ބޭފުޅުންގެ އިތުރުން މީދޫގައި ތިއްބެވި ޝުކުރީއަށް  ތާއީދުކުރާ ގިނަޢަދަދެއްގެ ސަޕޯޓަރުންވެސް ބައިވެރިވިއެވެ.

ޝުކުރީގެ ކެމްޕެއިން ރަސްމީކޮށް ހުޅުދޫގައި ފެށުމަށްޓަކައި އިއްޔެ ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި ޝުކުރީ ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އިޖްތިމާޢީ ގޮތުންނާއި އަދި ތަފާތު އެހެނިހެން ދާއިރާތަކުން ކައުންސިލަރަކަށް އެމަނިކުފާނު ހޮވުނު ފަހުން  ވަރަށްގިނަ ކަންތައްތަކެއް ހުޅުދުއަށް ކޮށްދެއްވާފައިވާކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރަށް ޝުކުރީ  ވިދާޅުވީ ކައުންސިލަށް ހޮއްވަވަން ޖެހޭނީ  އެފަދަ މުއައްސަސާއެއްގައި މަސައްކަތްތަކެއް ކުރެއްވޭނެ ކަމަށް ޤާބިލް މީހެއްކަމަށާ މިގޮތުން ޝުކުރީއަކީ  ކައުންސިލަށް  ތަޞައްރަފް ފުދިފައިވާ ބޭފުޅެއްކަން ރައްޔިތުން ދައްކަވާފައިވާނެކަމަށް ޝުކުރީ ވިދާޅުވިއެވެ. އެހެންކަމުން މިފަހަރުވެސް ޝުކުރީއަށް  އެފުރުޞަދު ދެއްވުމަށް އޭނާ ގޮވާލެއްވިއެވެ.

އިއްޔެ ބޭއްވުނު މިރަސްމިއްޔާތު ނިންމަވާލެއްވީ  މިރަސްމިއްޔާތަށް ޙާޟިރުވި ޝުކުރީގެ ސަޕޯޓަރުންގެ ޝަރަފްގައި ބޭއްވުނު ވަރަށް ޚާއްޞަ ބޮޑިބަތް ކެއުމަކުންނެވެ.  މި ބޮޑިބަތް ކެއުމުގައިވެސް ގިނަޢަދަދެއްގެ މީހުން ބައިވެރިވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބޮޑުވަޒީރު ހަސީނާއަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއަށް ރަސްމީގޮތުން ...

60 އަހަރުން މަތީގެ މީހުންނަށާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ކޮވިޑުގެ ތިންވަނަ ޑޯޒެއް ދެނީ

އުމުރުން 60 އަހަރުން މަތީގެ މީހުންނަށާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ...

“ފިކުރެއްގެ ދިރުން”ގޮފީގެ ފަރާތުންވެސް ގާސިމާއި ބައްދަލު ކޮށްފި

ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އެތެރޭގައި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކި ސިޔާސީ ...