ބޮޑުވަޒީރު ހަސީނާއަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއަށް ރަސްމީގޮތުން މަރުހަބާ ދަންނަވައިފިއެވެ. ރަސްމީ ގޮތުން މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، ‏ ޖުމްހޫރީ މައިދާނުގައެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ހަސީނާ މާލެއަށް ފައިބައިވަޑައިގަތުމާއެކު، ރަސްމީ ފާލަމުން އެކަމަނާއަށް މަރުހަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. އެއަށްފަހު، ބަންގްލަދޭޝްގެ ބޮޑުވަޒީރާއި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސްކޫލް ކުދިން ހުށަހަޅައިދިން ސަގާފީ އައިޓަމެއް ބައްލަވައިލައްވައިފައެވެ. މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ބަންގްލަދޭޝް އާއި، ދިވެހިރާއްޖޭގެ ގައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ޝަރަފްގައި އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް، އެކަމަނާ އިންސްޕެކްޓް ކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ދިވެހި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައާރަފުކޮށް އެރުވިއެވެ. އަދި ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާއަށް ތައާރަފުކޮށް އެރުވިއެވެ.

މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ބަންގްލަދޭޝްގެ ބޮޑުވަޒީރު، ޝައިހް ހަސީނާ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެކަމަނާ ވަޑައިގެންނެވީ ހަތްކޮޅުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމަށްފަހު އެކަމަނާ ވަނީ އިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބާއްވައި މަޝްވަރާ ކުރައްވާނެ އެވެ. އެއަށްފަހު، އެއްބަސްވުންތައް ބަދަލުކުރުމާއި، ދެގައުމުން ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ޖާފަތެއްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޮމިކްރޮންގެ ނުރައްކާ ބޮޑުވެދާނެތީ ސަމާލުވާން އެޗްޕީއޭ އެދިއްޖެ

ކޮވިޑް-19 އިގެ އާ ވޭރިއަންޓް “އޮމިކްރޯން” ނުރައްކާ ބޮޑުވެދާނެތިން އިތުރަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ...

އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ސޯބެ ޕްލޭނިންގެ ސްޓޭޓް މިނިސްޓަރަކަށް

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް ކުރީގެ އައްޑޫސިޓީގެ މޭޔަރު ސ.ހިތަދޫ، ...

މާދަމާ ( 25 ފެބްރުއަރީ 2022 ) މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މާދަމާ  ( 25 ފެބްރުއަރީ   2022 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...