60 އަހަރުން މަތީގެ މީހުންނަށާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ކޮވިޑުގެ ތިންވަނަ ޑޯޒެއް ދެނީ

އުމުރުން 60 އަހަރުން މަތީގެ މީހުންނަށާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ އިތުރު ޑޯޒެއް ނުވަތަ ބޫސްޓާ ޑޯޒެއް ޖަހަން ނިންމައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނެއްގައި ބުނީ، ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ފަރާތްތަކާއި ފްރަންޓްލައިންގައި މަސައްކަތް ކުރާ ހިދުމަތްތެރިންނަށް އިތުރު ވެކްސިން ޑޯޒެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް އޮން އިމިއުނައިޒޭޝަނުން ލަފާދީފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައި ވަނީ ކަމާބެހޭ ގޮތުން މިހާތަނަށް އެއްކުރެވިފައި ހުރި ދިރާސާތައް ބެލުމަށްފަހުގައި ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

އެ އެޖެންސީން ބުނީ، މިވަގުތު ވެކްސިންގެ އިތުރު ޑޯޒެއްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައި ވަނީ ފައިޒާ ވެކްސިން ކަމަށެވެ. އަދި އެ ޑޯޒު ޖަހާނީ ކޮވިޑުގެ އެއްވެސް ވެކްސިނެއްގެ ދެވަނަ ޑޯޒު ޖެހިފަހުން ހަ މަސް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށް ކަމަށް ބުންޏެވެ.

މިވަގުތު ކޮވިޑް ވެކްސިންގެ އިތުރު ޑޯޒެއް ޖެހުމަށް ހަމަޖެހިފައިވަނީ 60 އަހަރުންމަތީގެ މީހުންނަށާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ. އަދި އިތުރު ޑޯޒަށް ޝަރުތު ފުރިހަމަވާ މީހުންނަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ފައިޒާ ވެކްސިން ޖަހައިދޭނެ އެވެ. ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓެއް ހައްދަންޖެހެ އެވެ.

މާލެ ސަރަހައްދުގައި ވެކްސިން ދޭ ތަންތަނަކީ:

  • އޭޑީކޭ ހޮސްޕިޓަލް – ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް
  • ހުޅުމާލެ ހޮސްޕިޓަލް – ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް
  • ވިލިމާލެ ހޮސްޕިޓަލް – ހެނދުނު 10:00 އިން މެންދުރު 12:00 އަށް
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19: އިތުރު 15 މީހަކު ރަނގަޅުވެ ރަގަޅުވި މީހުންގެ އަދަދު 144 އަށް

ކޯވިޑް-19 އަށް ރާއްޖެއިން  ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 15 މީހަކު ބަލިން ރަގަޅުވެއްޖެވެ.  މިއާއެކު ރާއްޖެއިން  މި ...

ޤައުމު އަޅުވެތިކުރަން ގޮވާލާ އެކަމަށް ހިތްވަރުދިނުމަކީ ބޮޑު ފާފައެއް- ޖަމްޢިއްޔަތުއް ސަލަފް

ދިވެހި ޤައުމު އަޅުވެތިކުރުމަށް ބޭރުގެ ފަރާތްތަކަށް ދަޢުވަތު ދީ، ހިތްވަރުދިނުމަކީ ޚިޔާނާތްތެރި އަނިޔާވެރި އަމަލެއް ކަމަށްބުނެ، ޖަމްޢިއްޔަތުއް ސަލަފުން ...