މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ ހުޅުދޫ ސްކޫލްގެ އުތުރުންއޮތްމަގު ސާފްކޮށް އެމަގުފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައް .
މިމަސައްކަތް ހުޅުދޫ ކައުންސިލް އިބްރާހިމް ޝުކުރީގެ ބެއްލެވުމުގެ ދަށުން ކުރަމުންދާއިރު ޝުކުރީ ވިދާޅުވީ އެސަރަހައްދުއެއްކޮށް ސާފްކޮށް މަގުފުޅާކޮށް ނިމުމުން އެސަހައްދުގައި އާއްމުންނަށް މުނިފޫހި ފިލުވުމަށް ތިބެވޭނެގޮތައް ފިނިމައިޒާނެއް ހެދުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް .
އަދި މީގެ އިތުރަށް ޝުކުރީ ވިދާޅުވީ އެސަރަހައްދުގައި އޮންނަ ތުންޑިޔާއާއި ހުޅުދޫއާއި ދޭތެރޭގައި ގިނަ އަދަދަކަށް ރަގޫގަސް ހެދިފައިވާ ސަރަހައްދަކީ ހިމާޔަތް ކުރެވިފައިވާ ސަރަހައްދެއްކަމަށް ހެދުމަށްޓަކައި ކަމާއިބެހޭ ފަރާތްތަކާއި ވާހަކަ ދައްކަވަމުން ގެންދަވާކަމަށް .
ކޮމެންޓްސް (0)