އައްޑޫސިޓީ މަރަދޫފޭދޫ ދަމަނަވެށީގެ އޮފީސް ފަޅާލާ އެތަނުން ވައްކަން ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ހުކުރު ދުވަހުގެރޭ އެތަން ފަޅާލައިގެން ވަގަށް ގެންގޮސްފައިވަނީ އެތަނުގެ މެއިންސާވާގެ ޕީސީއާއި ކަލަރ ޕްރިންޓަރެއްގެ އިތުރަށް އޮފީހުގައި ބަހައްޓާފައިހުރި ފައިސާތަކެކެވެ. ވަގަށް ނަގާފައި ވަނީ ކިހައި އަދަދެއްގެ ފައިސާ ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
ދަމަނަވެއްޓަކީ ސިކިއުރިޓީން ބައިތިއްބައިގެން ސިކިއުރިޓީ ބަލަހައްޓާތަނެއް ނޫންކަމަށާ އެތަން ފަޅާލައިގެން ވައްކަން ކޮށްފައިވާކަން އެނގުނީ އިއްޔެ މެންދުރު ފަހު އޮފީސް ބޭނުކަމު އޮފީސް ހުޅުވުމުންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.ދަމަނަވެށި ހުޅުވަގެން ޚިދުމަތް ދެމުން އަންނަނީ ހުކުރުދުވަހާއި ހޮނިހިރު ދުވަސް ފިޔަވައި ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށެވެ.
މިމައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގު ކުރަމުން އަންނަކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓްސް (0)