އުއްތަމަ ފަނޑިޔާރު 4 މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ދައުލަތުގެ ރަސްމީ ލިޔެކިޔުންތައް ބަދަލުކުރާ ނިޒާމް، ޖެމްސް ހުއްޓުވާލަން އެންގެވިކަން ސާބިތުވެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީތަކެއް ބަލައިނުގަތުމަށް ޖެމްސް ހުއްޓުވާލަން އުއްތަމަ ފަނޑިޔާރު އެންގެވި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ވަނީ، ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އުފުލައިފަ އެވެ. އެ ދައުވާ ސާބިތުކުރުމަށް އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ގިނަ ސިއްރު ހެކިތަކެއް ވަނީ ހުށަހަޅާފައެވެ.
މިއީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ.

ކުރިމިނަލް ކޯޓުން މިއަދު ހުކުމް އިއްވިިއިރު 10 ދުވަސް ތެރޭގައި ހައިކޯޓުގައި އިސްތިއުނާފު ކުރަންޖެހޭނެ އެވެ. ހައިކޯޓުން އެ މައްސަލަ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާނަމަ އެކަމަށް ވެސް ލިބެނީ 10 ދުވަހެވެ. ސުޕްރީމް ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި ބުނެއެވެ.

ސުޕްރީމް ކޯޓުން އުއްތަމަ ފަނޑިޔާރަށް ކޮށްފައިވާ ޖަލު ހުކުމްގެ ހުރިހާ މަރުހަލާއެއް ނިމި އެހުކުމް ދަމަހައްޓައިފިނަމަ، އެމަނިކުފާނުގެ ފަނޑިޔާރުކަން ގެއްލޭނެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19 : ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ

ކޯވިޑް-19އަށް ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ރޭ މެންދަމު ނިޔާވީ ދަރުމަވަންތަ ...

ވެކްސިން ނުޖަހާ މީހުން އޮފީސްތަކަށާއި ކެފޭތަކަށް ވަނުން މަނާ ކުރަނީ

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހަމުން ގެންދާ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ މީހުންނަށް ހިދުމަތްތައް ދިނުމުގައި ...

ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މީދޫގައި ރުއްއިންދުމުގެ ޕްރޮގްރާމެއް ބާއްވައިފި

މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ” އައްޑޫނަލަފެހި ” ޕްރޮގްރާމްގެ ދަށުން މީދޫގެ ކައުންސިލް އިދާރާއިން އިސްނަގައިގެން ...