މަރަދޫ ސްކޫލް ޕްރީ ސްކޫލަކަށް ބަދަލު ކުރަން ނިންމުމުން ބެލެނިވެރިން އިހްތިޖާޖުކޮށްފި

އައްޑޫސިޓީގެ މަރަދޫ ސްކޫލް، ޕްރީ ސްކޫލަކަށް ހަދަން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމުމުން ބެލެނިވެރިން އެކަމާއި ދެކޮޅަށް އިހްތިޖާޖް ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލުން މިމަހުގެ 25 ވަނަ ދުވަހުގެރޭ މަރަދޫ ސްކޫލްގެ ބެލެނިވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައި ބެލެނިވެރިން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުމާއި ދެކޮޅަށް ހިމޭން އިހްތިޖާޖެއް ކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މަރަދޫ ސްކޫލުގެ ޕްރިންސިޕަލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އައްޑޫ ސިޓީގެ ބައެއް ސްކޫލުތަކުގައި ކިޔަވައިދޭ ގްރޭޑްތަކަށް އެ މިނިސްޓްރީގެ ފަރާތުން ބަދަލުތަކެއް ގެނެވިފައި ވާތީ އާއި، އަދި ކަމާބެހޭ އިތުރު ފަރާތްތަކުގެ ލަފަޔާއި މަޝްވަރާގެ މަތިން، މަރަދޫ ސްކޫލު ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މަރަދޫ ސްކޫލް، ޕްރީ ސްކޫލަކަށް ހަދައި، އެބަދަލު ގެނައުމަށް ރޭވިފައިވަނީ 3 އަހަރަށް ބަހާލެވިގެން ކަމަށް މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައި ވެއެވެ. އެގޮތުން، މިފެށޭ ތަޢުލީމީ އާ އަހަރާއި، 2021 ވަނަ އަހަރު މަރަދޫ ސުކޫލުގައި ކިޔަވައިދޭނީ ފައުންޑޭޝަނުން ފެށިގެން ގްރޭޑް 8 އާ ހަމައަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި 2022 ވަނަ އަހަރުން ފެށިގެން މަރަދޫ ސްކޫލަކީ ހަމައެކަނި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ކިޔަވައިދޭ ސުކޫލަކަށް ބަދަލު ކުރެވިގެންދާނެ ކަމަށް ވަނީ އަންގާފައެވެ.

އެންމެ ފަހުން އެ ސްކޫލުގެ ބެލެނިވެރިންނާ އެކު، މިނިސްޓްރީގެ ބޭފުޅުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން، ބެލެނިވެރިން ވަނީ އެމީހުން ބޭނުންވާ ގޮތް ވަރަށް ރަނގަޅަށް ހާމަކޮށްދީފައެވެ. އެރަށުގެ ރައްޔިތުން ބޭނުންވަނީ ރަށުގައި ތިބެގެން އެމީހުންގެ ކުދިން، ގްރޭޑު 10 އަކާއި ހަމަޔަށް ކިޔެވޭނެ ގޮތް ވުމެވެ. “ކިންޑަގާޓެން” ސްކޫލަކަށް އެ ސްކޫލް ބަދަލްވެގެން ދާކަށް ބޭނުން ނުވާ ކަމަށް މީސްމީޑިއާގައި ވެސް ބައެއް ބެލެނިވެރިން ޝުޢޫރު ފާޅުކޮށްފައިވެއެވެ.

އައްޑޫ ސިޓީ މަރަދޫގެ ގިނަ ބަޔަކު މި ނިންމުމާ ދެކޮޅު ހަދަމުންދާ އިރު، މިކަމަކީ މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން އެރަށުގެ ސްކޫލާ ބެހޭގޮތުން ނިންމާފައިވާ ނިންމުމާވެސް އިދިކޮޅަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ބުނެއެވެ. އެގޮތުން ސަރުކާރުން އެންމެ ފުރަތަމަ އެކުލަވާލި ޕްލޭނުގެ ދަށުން މަރަދޫ ސްކޫލަކީ މިހާރު ހަމައެކަނި ގްރޭޑު 8 އަކާ ހަމަޔަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ސްކޫލް އިތުރަށް ތަރައްޤީ ކޮށް، މިއަންނަ އަހަރުން ފެށިގެން ގްރޭޑު 9 އަކާ ހަމަޔަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތަށް ބަދަލްކޮށް، އަދި ޖެހިގެން އަންނަ 2021 ވަނަ އަހަރު އެ ސްކޫލުގައި ގްރޭޑު 10 އުފެއްދުމަށް ކުރިން ނިންމިއެވެ

އެޑިއުކޭޝަން މިނިސްޓްރީންވަނީ މީދޫ ޝަމްސުއްދީން ސްކޫލާއި ހުޅުދޫ ސްކޫލްވެސް އަންނައަހަރު ބަންދު ކުރަން ނިންމާ އެސްކޫލްގެ ދަރިވަރުން  އަތޮޅު މަދަރުސާއަށް ބަދަލުކުރަން ނިންމާފައެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކައުންސިލް މުބާރާތުގައި ވާދަކުރި މީދޫ އަވަށު އޮފީހުގެ ފުޓްސަލް ޓީމާއި ވޮލީޓީމް

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ގުޅުން ބަދަހިކުރުމުގެ ...

ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

މިދިޔަމަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު މިއަދުގެ ...

ބަދަހިކަޕް: ވެމްކޯ ޕޮލިސް ބައްދަލުކުރާ މެޗް – މިމުބާރާތުގައި ކުޅެވޭ އެންމެ ފޯރިގަދަ ވާދަވެރި މެޗް

ބަދަހިކަޕް ނެޓްބޯޅަ މުބާރާތުގައި މިރޭ އޮންނަ ފުރަތަމަ މެޗަކީ ފޯރިގަދަ މަރުގެ މެޗަކަށް ވެގެންދާއިރު  ނެޓްބޯޅައަށް ލޯބިކުރާ ގިނަ ...