ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

މިދިޔަމަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު މިއަދުގެ މެންދުރު 12:00 ން ފެށިގެން ނިމުމަކަށް ގެނެސްފިއެވެ.

ކުއްލި ހާލަތު ނިމުމަކަށް ގެނައިކަން އިއުލާންކޮށްފައިވަނީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރެވެ.

މިއަދު މެންދުރު 12 އިން ފެށިގެން ކުއްލި ހާލަތު ނިމުމަކަށް ގެނައިކަން ސަރުކާރުން އިއުލާންކޮށްފައިވާއިރު ކުއްލި ހާލަތު މިރޭ އިރާކޮޅުގެ ވަގުތެއްގައި ނިމުމަކަށް އަންނާނެއެވެ.

ކުއްލި ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ބައެއް މީހުން އިއްޔެގެ ނިޔަލަށް ދޫކޮށްލާފައިވާ އިރު ބާކީ ތިބި ހުރިހާ ފަރާތްތައް ކޯޓަށް ހާޒިރުކޮށް އެފަރާތްތަކުގެ ބަންދުގެ މުއްދަތުވަނީ އިތުރުކޮށްފައެވެ. ބަންދުގެ މުއްދަތު އިތުރު ކުރި ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހާއި ޖޭޕީގެ ޑެޕިއުޓީ ލީދަރު އަބްދުﷲ ރިޔާޒާއި ކުރީގެ ސީޕީ އަހުމަދު އަރީފާއި މެންބަރު އަބްދުﷲ ސިނާނާއި މެންބަރު އިލްހާމް އަހުމަދު ހިމެނިވަޑައިގަންނަވައެވެ.
”  އެނގިވަޑައިގަންނަވާނެ ފަދައިން އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އެކޯޓުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރުންކަމަށްވާ އަބްދުﷲ ސައީދާއި އަލީ ހަމީދު، އެމީހުން ޖިނާއީ ނިއަތްތަކެއް އޮވެގެން ޖިނާއީ އަމަލުތަކެއް ހިންގައިގެން ސިޔާސީ ފާރަތްތަކަކާ ގުޅިގެން ރިޝަވަތުގެ ކުށްތަކެއް ވެސް ހިމެނޭ ގޮތުގެ މަތިން އަދި އެތައް ނުފޫޒުތަކެއް އޭގެތެރޭގައި ހިމެނޭ ގޮތަށް ދައުލަތުގެ ކަމާ ބެހޭ ބައެއް ފަރާތްތައް ވެސް ހިމެނޭ ގޮތަށް ހިންގާފައިވާ ބޮޑު ޖަރީމާއެއް،”

ކުއްލި ހާލަތު ނިމުމަކަށް ގެނައިކަން އިއުލާންކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން  އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވި އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހަގީގަތް އޮޅުވައެއް ނުލެވޭނެ، ރިލްވާންގެ އާއިލާއިން ކޯޓަށް ދިޔަސް ޖެހިލުމެއް ނުވޭ: އުމަރު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާއިން އޭނާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، ޖެހިލުންވެ ވަޑައިނުގަންނަވާ ...

ކޮވިޑް ޖެހުނު ބަނގްލާދޭޝް މީހަކު މިއަދު ރާއްޖޭގައި ނިޔާވެއްޖެ

ކޯވިޑް-19 ޖެހުނު ބަނގްލާދޭޝް މީހަކު މިއަދު ރާއްޖޭގައި ނިޔާވެއްޖެ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.. ކޯވިޑް-19 އަށް ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ ...

ޔޫތު ޗެލެންޖް ކަޕް 2020- އެތުލެޓިކް އެފްސީ ޗެމްޕިއަންކަން ހޯދައިފި

މީދޫ ޒުވާނުން  އިންތިޒާމްކޮށްގެން މީދޫ ފުޓްބޯޅަ ދަނޑުގައި ބޭއްވި “ޔޫތުޗެލެންޖް 2020” ފުޓްބޯޅަ މުބާރާތުގެ ގެ ޗެމްޕިއަންކަން އެތުލެޓިކް ...