ބަދަހިކަޕް: ވެމްކޯ ޕޮލިސް ބައްދަލުކުރާ މެޗް – މިމުބާރާތުގައި ކުޅެވޭ އެންމެ ފޯރިގަދަ ވާދަވެރި މެޗް

ބަދަހިކަޕް ނެޓްބޯޅަ މުބާރާތުގައި މިރޭ އޮންނަ ފުރަތަމަ މެޗަކީ ފޯރިގަދަ މަރުގެ މެޗަކަށް ވެގެންދާއިރު  ނެޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކަށް މިރޭ ވަރުގަދަ ރެއަކަށް ވެގެންދާނެ އެވެ.

ބަދަހިކަޕްގެ މިފަހަރުގެ މުބާރާތުގައި ބައިވެރި ޓީމްތަކުގެ ތެރެއިން  އެންމެ ވަރުގަދަ ދެޓީމް ކަމުގައި ބެލޭ  ވެމްކޯއާއި ޕޮލިސް މިރޭ  ބައްދަލުކުރާ މެޗަކީ ދެޓީމަށްވެސް ވަރަށް މުހިއްމު މެޗެކެވެ. އެއީ މިރޭގެ މިމެޗުން ޕޮލިސްޓީމް މޮޅުވެއްޖެނަމަ އެޓީމަށް ފައިނަލްގެ ޖާގަ ޔަގީންވާއިރު މިމެޗުން މޮޅުވެގެން ނޫންގޮތަކަށް ވެމްކޯއަށް ފައިނަލަށް ދިއުމުގެ ފުރުސަތު ނެތުމުންނެވެ.

މިދިޔައަހަރު މިމުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕޮލިސްޓީމާއި މިރޭ ބައްދަލުކުރާ ވެމްކޯ ޓީމްގައި ހިމެނޭ ގިނަ ކުޅުންތެރީންނަކީ މިދިޔަ އަހަރުގެ މުބާރާތުގައި ޕޮލިސްޓީމާއި ފައިނަލްގައި ވާދަކުރި ހުޅުދޫ ޔޫތުގައި ހިމެނޭ ކުޅުންތެރީނެވެ.

އެހެންކަމުން މިމެޗުވެ ވެގެންދާނީ  މިމިމުބާރާތުގައި މިހާތަނަށް ކުޅެވޭ އެންމެ ފޯރިގަދަ މެޗަށެވެ.


ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމްގައި ހިމެނޭ ގިނަ ކުޅުންތެރީން ތައް ހިމެނޭ މިދެޓީމް ބައްދަލުކުރާމެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 ގައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މައުމޫނާއި ފާރިސް އަދި ފަނޑިޔާރުންނާއި ކުރީގެ ސީޕީއަށް ޓެރަރިޒަމްގެ ދައުވާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ...

އޯލެވެލް ނިންމި ދަރިވަރުންނަށް ހާއްސަ ފުރުސަތުތަކެއް މެޕްސް ކޮލެޖުގައި

އޯލެވެލް ނިންމާ މަތީ ތައުލީމުގެ ފަށަން ތައްޔާރަށް ތިބި ދަރިވަރުންނަށް ހާއްސަ ފުރުސަތުތަކެއް މެޕްސް ކޮލެޖުގައި ވަނީ ފުރުސަތު ...

އައްޑޫގައި ރޭ ކުރިއަށްގެންދިޔައީ ހެލިކޮޕްޓަރުގެ ޓެސްޓު ދަތުރުތަކެއް

އައްޑޫ ސިޓީ ގަމުގައި އެމް.އެން.ޑީ.އެފްގެ ސަދަން އޭރިއާ ކޮމާންޑްގެ ބެލުމުގެ ދަށުގައި އޮންނަ ހެލިކޮޕްޓަރުން، ރޭ ކުރިއަށްގެންދިޔައީ ޓެސްޓު ...