ބައިނަލްއަގުވާމީ ބްރެސްޓް ކެންސަރ އެވެއަރނެސް މަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޕިންކް-ރިބަން ދުވުން – ހިނގުން މޫސުން ތަންދޭނަމަ މާދަމާ ( 26 އޮކްޓޯބަރ 2019 ވާ ހޮނިހިރު ދުވަހު ) ހަވީރު 4:00 ގައި އޮންނާނެ ކަމަށް ހުޅުމީދޫ ސިއްހީމަރުކަޒުން ހާމަކޮށްފިއެވެ. .
މިއީ އުރަމަތީގެ ކެންސަރަށް އާއްމުން ހޭލުންތެރި ކުރުވުމުގެ ގޮތުން އަހަރަކު އެއްފަހަރު ކުރިޔަށްގެންދާ ދުވުމާއި ހިންގުން ހިމެނޭ ހަރަކާތެކެވެ. ހުޅުމީދޫގައި މިހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ 26 އޮކްޓޯބަރ 2019 ވާ ހޮނިހިރު ދުވަހު ހަވީރު 4:00 ގައި ބޭންކް އޮފް މޯލްޑިވްސް ހިސާބުންނެވެ.
މިހަރަކާތުގައި ބައިވެރިންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޓީޝާރޓް ހުޅުމީދޫ ސިއްހީ މަރުކަޒުގެ ރިސެޕްޝަނުން ގަންނަން ލިބެން ހުންނާނެ ކަމަށް ސިއްހީމަރިކަޒުންވަނީ ހާމަކޮށްފައެވެ. ޓީޝާޓެއްގެ އަގަކީ -/150 ރުފިޔާއެވެ.
މިއީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހުޅުވާލެވިގެން ކުރިޔަށްގެންދެވޭ ހަރަކާތެކެވެ. މިހަރަކާތުގައި ބައިވެރިވުމަށް ސިއްހީމަރުކަޒުން ވަނީ އާއްމުކޮށް ހުޅުވާލެވިފައިވާ ދައުވަތެއް ދީފައެވެ.
ތިރީގައި އެވަނީ 2017 ގައި ހުޅުމީދޫގައި ބޭއްވުނު (ޕިންކް ރިބަން) ދުވުން – ހިގުން އިވެންޓްގެ ތެރެއިން ނެގިފައިވާ ފޮޓޯ ތަކެއް
[Best_Wordpress_Gallery id=”54″ gal_title=”ްހުޅުމީދޫގައި ބޭއްވުނު (ޕިންކް ރިބަން) ދުވުން – ހިގުނ”]
ކޮމެންޓްސް (0)