ޕިންކް ރިބަން ރަން ވޯކް ހުޅުދޫއާއި މީދޫގައި ބާއްވައިފި

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން އިސްނަގައިގެން ބީއެމްއެލް އާއި ސިއްހީމަރުކަޒު ގުޅިގެން ބޭއްވި “ޕިންކް ރިބަން ރަން ވޯކް” ހޮނިހިރު ދުވަހު  ހަވީރު ( 26 އޮކްޓޯބަރ 2019 )  ހުޅުދޫއާއި މީދޫގައި ބާއްވައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް ހުޅުމީދޫ ބްރާންޗް ކުރިމަތިން ފަށައިގެން  ކުރިއަށްގެންދިޔަ “ޕިންކް ރިބަން ރަން ވޯކް” ގައި ކެންސަރާއި ބެހޭ ތަފާތު މައުލޫމާތުތަކާއި ޚާއްސަކޮށް ބްރެސްޓް ކެންސަރާއި ބެހޭ މައުލޫމާތުގެ އިތުރަށް  ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކުރިވެދިނާ ކަންތައްތަކާއި ބެހޭ މައުލޫމާތާއި އަދިވެސް ސިއްޙީ ގިނަ މަޢުލޫމާތުތަކެއް މިހަރަކާތުގައި ބައިވެރިވި ފަރާތްތަކަށް ސިއްހީމަރުކަޒުގެ ފަރާތުންވަނީ އޮޅުންފިލުވާދެއްވާފައެވެ.

ދުނިޔޭގައި އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރ މަހު، ތަފާތު ގިނަ ހަރަކާތްތަކެއް ބީއެމްއެލް އިން  ކުރިއަށްގެންދެއެވެ. މިގޮތުން މުޅި އޮކްޓޯބަރުމަހަށް ދެމިގެންދާ ގޮތަށް އުރަމަތީ ކެންސަރަށް ޢާންމުން ހޭލުންތެރިކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވަމުން ގެންދާއިރު، ހޮނިހިރު ދުވަހު ބޭއްވުނު ޕިންކް ރިބަން ރަން ވޯކް އަކީ މި މަހުގައި ބާއްވާ އެންމެ ބޮޑު ހަރަކާތެވެ.

ހޮނިހިރު ދުވަހު ހުޅުމީދޫގައި ކުރިއަށް ގެންދެވުނު މިހަރަކާތް ފައްޓަވައި ދެއްވަމުން މިހަރަކާތް ބޭއްވުމުގެ މަގްސަދު އޮޅުން ފިލުއްވައިދެއްވުމުގެ އިތުރަށް މިހަރަކާތް ކާމިޔާބުކަމާއެކު ބޭއްވުމަށް އެހީތެރިވި ފަރާތްތަކަށް  ބޭންކް އޮފް މޯލްޑިވްސް ހުޅުމީދޫ ބްރާންޗްގެ މެނޭޖަރ ޝަޒުލީނު ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.

ޕިންކް ރިބަން ރަން ވޯކް ގެ ތެރެއިން ނެގިފައިވާ ބައެއް ފޮޓޯތައް ތިރީގައިއެވަނީއެވެ.

[Best_Wordpress_Gallery id=”58″ gal_title=”ހުޅުމީދޫގައި ބޭއްވި ޕިންކް ރިބަން ރަން ވޯކް”]

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަރުކާރުގެ 3 ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރައްވައިފި

ރުކާރުގެ 3 ވިޔަފާރި ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރ އައްޔަންކުރައްވައިފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުގެ ރައީސް މުޙައްމަދު ނިޒާރު ...

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން މީދޫ ކޯގަންނު ސަރަހައްދު ތަރައްގީކޮށްފި

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި ...

ޔޫރޯ 2020: ނެދަލެންޑްސް ބަލިކޮށް ޗެކް ރިޕަބްލިކް ކުއާޓަރ އަށް

ނެދަލެންޑް ބަލިކޮށް ޗެކްރިޕަބްލިކުން   ޔޫރޯ 2020 ގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ. ހަންގޭރީގެ ޕުސްކަސް އެރީނާގައި ...