ސާވިސް ޗާޖުދޭން މަޖުބޫރުވާ އިސްލާހެއް ހުށައަޅައިފި

advertisement

ސާވިސް ޗާޖުދޭން މަޖުބޫރުވާނެ އިސްލާހެއް ވަޒީފާއާ ބެހޭ ގާނޫނަށް އިއްޔެ ހުށައަޅައިފި އެވެ. އިއްޔެ މަޖިލީހުގައި ފުރަތަމަ ކިޔުން އިއްވި އެ އިސްލާހުގައި ސާވިސްޗާޖް އާ ގުޅޭ މާއްދާއެއް ވަނީ ހިމަނާފައެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއެވެ.

ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާ މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ބަހަން ޖެހޭނެކަމަށް ބިލުގައި ވަނީ ބުނެފައެވެ. ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން ބަހާ ނިންމަން ޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ސާވިސް ޗާޖު ބަހަން ޖެހޭ ގޮތްވެސް އެ ބިލުގައި ބަޔާންކޮށްފައިވާއިރު ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެ މަތިން ސާވިސް ޗާޖު ބެހުމުގައި ވަޒީފާ ދޭ ފަރާތުގެ ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތައް އިސްތިސްނާ ކުރެވިދާނެކަމަށް ބިލުގައި ބުނެފައިވެއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައިވާ ގޮތުން ވަޒީފާ ދޭ ފަރާތަަށް ހިދުމަތް ލިބިގަންނަ ފަރާތްތަކުން އެއްވެސް ސާވިސް ޗާޖެއް ނަގާނަމަ ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާ ވަޒީފާދޭ ފަރާތުގެ ހުރިހާ ހުރިހާ މުވައްޒަފުންގެ މެދުގައި ބަހަން ޖެހޭނެއެވެ.

ސާވިސް ޗާޖު ދިން ގޮތުގެ މައުލޫމާތު ވަޒީފާ ދޭ ފަރާތުން ގަވައިދުން ބަލަހައްޓަން ޖެހޭނެކަމަށާއި އެ މައުލޫމާތު ލޭބާ ރިލޭޝަން އޮތޯރިޓީއަށް އަހަރަކު އެއް ފަހަރު ފޮނުވަން ޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި މައުލޫމާތު ހިއްސާ ކުރުމަށް އެދި ލޭބަ ރިލޭޝަން އޮތޯރިޓީއިން އަންގާ އެންގުމަކާއި ހިލާފުވެއްޖެ ނަމަ 5،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

”އިންޑިޔާ އައުޓް“ އަކީ ރައީސް ޔާމީން ހިންގަވާ ޖަރީމާއެއް – ނާޒިމް

ރާއްޖޭގެ ކުރީގެ ރައީސް، ރައީސް ޔާމީން އިސްވެ ހުންނަވާ ކުރިއަށް ގެންދަވާ ކެމްޕެއިން ”އިންޑިޔާ އައުޓް“ ކެމްޕެއިން އަކީ ...

ބައިނަލްއަޤްވާމީ ކުޅިވަރުތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ރައީސް އެދިވަޑައިގެންފި

ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ ގޮތަކުން މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ...

ޑެލިވަރީކުރުން މުޅިން ހުއްޓާލަން ޖެހިދާނެ – ނަވީން

ޑެލިވަރީ ކުރުން މުޅިން ހުއްޓާލައި، ހަމައެކަނި ވިޔަފާރިކުރަން ދޫކުރާ ހުއްދައިގެ ދަށުން ބޭރަށް ނުކުމެވޭ ގޮތަށް ބަދަލުކުރަން ޖެހިދާނެ ...