އެސްޓީއޯއިން ދަނޑުވެރިންގެ އުފެއްދުންތައް ގަތުމަށްފަހު އެތަކެތި މާކެޓަށް ނެރެނީ

ރާއްޖޭގެ ދަނޑުވެރިން އުފައްދާ ބާވަތްތައް އެސްޓީއޯއިން ގަތުމަށްފަހު މިއަހަރުގެ ތެރޭގައި މާކެޓަށް ނެރޭނެކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އަމްރު ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތަކީ ފާއިތުވި ތާރީޚުގައި ވެސް އަޅާލެވިފައިނުވާ ދާއިރާއެއްކަމުން އެ ދާއިރާއިން ކުރިއަށްގެންދިއުމަށް ދަނޑުވެރިންނަށް ވެސް ދަތިތަކާއި ކުރިމަތިވަމުންދާކަމަށެވެ. އެހެންކަމުން ދަނޑުވެރިން ކުރަމުންދާ މަސައްކަތްތަކަށް ރަނގަޅު އާމްދަނީއެއް ލިބޭނެގޮތް ހެދުމަށްޓަކައި އެސްޓީއޯއިން ދަނޑުވެރިންގެ އަތުން އެމީހުން އުފައްދާތަކެތި ގަނެ، ބަންދުކޮށް ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ވިއްކުމަށް ނިންމާފައިވާކަމަށް އަމްރު ވިދާޅުވިއެވެ.

“އަޅުގަނޑުމެން ކޮންޓްރެކްޓެއް މެދުވެރިކޮށް އަގެއް ކިޔާފައި އެބޭފުޅުންގެ އަތުން މޭވާއާއި ތަރުކާރީގެ ބާވަތްތައް ގަންނާނަން. އެއަށްފަހު އެބާވަތްތައް ރަނގަޅަށް ޕެކެކޮށްފައި އަޅުގަނޑުމެން އެއެއްޗިހި ޑިސްޓްރިބިއުޓްކުރާނަން ރާއްޖޭގެ ހުރިހާ ރިސޯޓް އަދި ގެސްޓްހައުސްތަކަށް. މިކަން މިގޮތަށް ވެއްޖެނަމަ ބޭރުން އިމްޕޯޓްކުރާކަށް ވެސް ނުޖެހޭނެ.” އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މި މަސައްކަތް އެންމެ ފުރަތަމަ ފަށައިގަންނާނީ އއ. ތޮއްޑޫއިން ކަމަށެވެ. އަދި ތޮއްޑޫއިން ފެށުމަށްފަހު ރާއްޖޭގެ އެހެނިހެން ހިސާބުތަކުން ވެސް ދަނޑުވެރިކަމުގެ ބާވަތްތައް ގަތުމަށް ހަމަޖެހިފައިވާކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އެސްޓީއޯއިން ނިންމާފައިވަނީ އެކި ރަށްރަށުން އެކި ބާވަތްތައް ގަތުމަށްކަމަށެވެ. އެގޮތުން ކޮންމެ ރަށަކުންވެސް ގަންނާނީ އެރަށަކުން އުފައްދާ އެންމެ ރަނގަޅު ބާވަތްކަމަށް އަމްރު ވިދާޅުވިއެވެ.

“އަޅުގަނޑުމެން އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ ރާއްޖޭގެ އެކި ރަށްތަށުން އެކި ބާވަތްތައް ގަތުމަށް. ބައެއް ރަށްރަށުން މިރުސް އެބަ ހައްދާ ވަރަށް ފުޅާކޮށް. އަނެއް ބައި ރަށްރަށުން ފަޅޯ އެބަ ހައްދާ. އަނެއް ބައި ރަށްތައް ބަރަބޯ ހައްދާ. އެހެންވީމަ އެކި ރަށްތަކުން އެކި ބާވަތްތަކަށް ސްޕެޝަލައިސް ވީމަ މިގޮތަށް މިކަން ކުރިޔަށް ގެންދަން އަޅުގަނޑުމެން ނިންމާފައިވަނީ” އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން މި މަސައްކަތް ފަށާނެކަމަށެވެ. އަދި މިހާރު ކުންފުނިން ކުރަމުންދަނީ ތޮއްޑޫގައި މި މަސައްކަތްކުރަން ބޭނުންވާނެ ސެޓްއަޕް ހެދުމުގެ މަސައްކަތްކަމަށެވެ.

އެސްޓީއޯގެ އަމާޒާކީ މަސްވެރިކަމާއެކީ ދަނޑުވެރިކަން ވެސް ކުރިއެރުވުމެވެ. އެހެންކަމުން، މަސްވެރިކަމުގެ ދާއިރާގައި މިފްކޯ އޮންނަ ފަދައިން ދަނޑުވެރިކަމަށް މިފަދަ ޕްރޮޖެކްޓެއް ވަރަށް މުހިއްމުކަމަށް އެސްޓީއޯއިން ބުނެއެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕީއެންސީގެ ކާމިޔާބީ ފާހަގަކުރަން މިރޭ ހާއްސަ ހަފުލާއެއް، ހަވާއެރުވުން އޮންނާނެ

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން ...

ރާއްޖެއިން އިތުރު 2،484 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 2،484 މީހުންނަށް ކޮވިޑް19 ބަލި ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ...

އާގުބޯޓެއްގައި އޮތް ހާލުބޮޑު މީހަކު އެމްއެންޑީއެފުން ސ. ހިތަދޫ ހޮސްޕިޓަލަށް ގެންގޮސްދީފި

އިކުއެޓޯރިއަލް ގިނީ ގެ ޕޯޓް އޮފް ބާޓާ ބަނދަރުން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުންދިޔަ ހޮންކޮންގ ގެ “އެމްވީ ޕްރޮސްޕެރިޓީ ...