ރާއްޖެއިން އިތުރު 2،484 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 2،484 މީހުންނަށް ކޮވިޑް19 ބަލި ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން މިރޭ ހާމަކޮށްފައިވާގޮތުން މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވި 1،268 މީހުންނާއި ރަށްރަށުން ބައްޔަށް ޕޮޒިޓިވްވި 728 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 81 މީހުންނާއި ރާއްޖެއިން ބޭރުން އައި ތިން މީހުންނާއެކު މިއަދު މުޅި ޖުމްލަ 2،484 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މި އަދަދާއެކު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 117،461 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގެ އެކްޓިވް ކޭސްތައް 14،636 އަށް އަރާފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާގޮތުން ހޮސްޕިޓަލުތަކުގައި އެޑްމިޓު ކޮށްގެން 46 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. މި ބަލީގައި މިހާތަނަށް 270 މީހުން ވަނީ ރާއްޖެއިން މަރުވެފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބިމާގުޅޭ ނިންމުން ބަދަލުކޮށް ދިނުމަށްއެދި ހަނިމާދޫގެ ތިން ޖަމިއްޔާގެ ސިޓީއެއް ރައީސަށް

ހދ. ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުން 853،937 އަކަފޫޓްގެ ބިމެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަރަހައްދުގެ ބައެއްގެ ގޮތުގައި ...

އެންމެ މޮޅު އަންހެން 6 ކުޅުންތެރީންގެ ތެރޭގައި މީދޫގެ 2 ކުޅުންތެރިއަކު ހިމެނިއްޖެ

އައްޑޫސިޓީ މީދޫ ދާއިރާގެ މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތުން އިންތިޒާމްކޮށްގެން މަރަދޫފޭދޫ އަވަށުގައި ކުރިއަށް ގެންދިޔަ  ” ...

ކޮވިޑު-19 ޖެހިގެން އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެ

ކޮވިޑު-19 ޖެހިގެން އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ. ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްވަމުން ...