އައްޑޫ ސިޓީ މަރަދޫފޭދޫގައި މިދިޔަ މަހުގެ 16 ވަނަ ދުވަހު ހިނގި ސައިކަލް އެކްސިޑެންޓުގައި ޒަޙަމްވި މީހާ ހުކުރު މަރުވެއްޖެއެވެ.
އުރުން 55 އަހަރުގެ އެ ފިރިހެން މީހާ މަރުވެފައިވަނީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް ހުކުރު ދުވަހުގެ ހެނދުނު 8:30 ހާއިރުކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ.
މިިދިޔަ މަހުގެ 16 ވަނަ ދުވަހު ހިނގި މި އެކްސިޑެންޓުގައި އެމީހާއަށް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން އިތުރު ފަރުވާއަށް މާލެގެނެސް އައިޖީއެމްއެޗްގައި ދިޔައީ ފަރުވާ ދެމުންނެވެ.
ކޮމެންޓްސް (0)