ހީނާ އެކެޑެމީ ޓީމްގެ ކޮޅަށް ހުޅުމީދޫ އީޓީއެފްއޭ ޓީމުން 8 ލަނޑު ޖަހައިފި!

ފޯވާރޑް ރަޔަން ޖެހި ހަތަރު ގޯލާއި ކެޕްޓަން ސަހާފް ހެދި ހެޓްރިކާ އެކު މާލޭގައި ކުރިއަށް ގެންދާ ހީނާއެކެޑެމީގެ 14 އަހަރުން ދަށުގެ ފުޓްބޯޅަޓީމާއި މީދޫގައި ކުރިއަށްގެންދާ އީޓީއެފްއޭ ހުޅުމީދޫގެ 16 އަހަރުން ދަށުގެ ޓީމާއި ދެމެދު ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަމެޗު  ހުޅުމީދޫގެ އީޓީއެފްގެ ޓީމް ކާމިޔާބުކޮށްފިއެވެ.

ހީނާ އެކެޑެމީގެ 14 އަހަރުން ދަށުގެ ޓީމް

މާލޭގައި ހިންގާ ހީނާއެކެޑެމީގެ 14 އަހަރުން ދަށުގެ ފުޓްބޯޅަޓީމާއި މީދޫގައި ކުރިއަށްގެންދާ އީޓީއެފްއޭ ހުޅުމީދޫގެ 16 އަހަރުން ދަށުގެ ޓީމާއި ދެމެދު މިދިޔަ ހުކުރުދުވަހު ކުޅެވުނު މިމެޗްކީ މީދޫގައި ހިންގާ އީޓީއެފްއޭގެ 6 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅެވުނުމެޗެކެވެ.

ހީނާ އެކެޑެމީގެ 14 އަހަރުން ދަށުގެ ބައެއް ކުޅުންތެރީން

މިމެޗްގައި އީޓީއެފް ހުޅުމީދޫޓީމުން ކާމިޔާބުކުރި 8 ލަނޑުގެ ތެރެއިން 4 ލަނޑު ރަޔަން ކާމިޔާބުކޮށްދީފައިވާއިރު ސަހާފްވަނީ 3 ލަނޑު ކާމިޔާބުކޮށްދީފައެވެ. އެޓީމުގެ އަނެއްލަނޑު ކާމިޔާބުކޮށްދިނީ ފަހުހާފްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މާއިޝްއެވެ.

މިމެޗުން 8 ލަނޑު 0 ލަނޑުގެ ބޮޑުތަފާތަކުން ހިނާ އެކެޑެމީގެ ޓީމް ބަލިވިޔަސް އެޓީމުގެ ކުޅުންތެރީން ރަގަޅު ގޭމެއް ކުޅެން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

މިމެޗްގައި ޚާއްސަ މެހްމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެން މިމެޗް ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ގައުމީޓީމްގެ ކުރީގެ ކެޕްޓަން އިމްރާނެވެ. އަދި މީގެ އިތުރަށް މާލެން އައިޓީމްގެ އޮފިޝަލެއް ގޮތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އަހްމަދު ސަލީމް (ބޮޑު ހީނާ) ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ހީނާއެކެޑެމީގެ 14 އަހަރުން ދަށުގެ ފުޓްބޯޅަޓީމް މީދޫގައި ކުރިއަށް ކުރި ޒިޔާރަތަށްފަހު އިއްޔެ މެންދުރުފަހުވަނީ މާލެގޮސްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބެސްޓް ފުޓްސަލް މުބާރާތް 2018- މިރޭ ކުޅެވޭ ދެމެޗަކީ ފޯރިގަދަ ވާނެ ދެމެޗް

ބެސްޓް ފުޓްސަލް މުބާރާތް 2018 ގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ފޯރިގަދަވާނެކަމަށް ބެލެވޭ ދެމެޗެވެ. މިގޮތުން ގްރޫޕް އޭގެ ...

ސްޕެއިނާއި ޖަރުމަނު ޕޮއިންޓަކުން ފުއްދާލިއިރު ކްރޮއޭޝިއާއިން ކެނެޑާ ބަލިކޮށްފި

ވޯލްޑް ކަޕް 2022 ގައި ތަރިންގެ ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗު އެއްވަރުވެ ޕޮއިންޓަކުން ފުއްދާލިއިރު ފަހަތުން އަރާ ...

އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ރޭ ފަށާފައިވާ އިރު ރެއާއި އިއްޔެ ކުޅެވުނުމެޗްތަކުގެ ނަތީޖާ

އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ރޭ ފަށާފައިވާ އިރު ރެއާއި އިއްޔެ ކުޅެވުނުމެޗްތަކުގެ ނަތީޖާ ބާލިން އާއި ބްރައިޓަން ...