މީދޫގެ ސްވިމިންގ ޓްރެކާ އެކު ފެތުންތެރިންނަށް ބޮޑު ފަސޭހައެއް

advertisement

ރަށްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ވަރަށްބޮޑު އެއްބާރުލުމާއެކު ކުޅިވަރާ ބެހޭ މިނިސްޓްރީން ސ. މީދޫގައި ސްވިމިން ޓްރެކެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މީދޫ ހުޅަގުފަރާތުގެ މޫދުގައި އެޅުމުގެ މަސައްކަތް ފަށާފައިވާ މި ސްވިމިން ޓްރެކުގެ ދިގުމިނުގައި 25 މީޓަރު އަދި ފުޅާ މިނުގައި 20 މީޓަރު ހުރެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕްރޮޖެކްޓަށް މިލިއަނައަކަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ.

ބުދަދުވަހު އަޅަން ފެށި ސްވިމިންޓްރެކް އެޅުމުގެ މަސައްކަތް ކުރަމުންދަނީ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މީދުއަށް ފޮނުއްވާފައިވާ ދެބޭފުޅުންގެ ބެއްލެވުމުގެ ދަށުން މީދޫގެ އެކިއެކި މުވައްސަސާތަކުގެ މުވައްޒަފުންނާއި ގިނައަދަދެއްގެ އާއްމު ރަށްޔިތުންގެ އެހީތެރިކަމާއެކުގައެވެ.

ކުރީގެ މަޖިލިސް މެމްބަރު  އަދި ކައުންސިލް އިންތިޚާބުގައި އެމްޑީޕީން އައްޑޫސިޓީގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ނިޒާރު އަންގާރަ ދުވަހު މީދުއަށް ކުރެއްވި ދަތުރުފުޅެއްގައިވެސް ސްވިމިން ޓްރެކް އަޅާ ސަރަހައްދަށް ވަޑައިގެން  އެ ސަރަހައްދު ބައްލަވާ ލެއްވުމަށްފަހު ސްވިމިން ޓްރެކް އެޅުމަށްޓަކައި ސްވިމިން އެސޯސިއޭޝަނުން ފޮނުއްވާފައިވާ ދެބޭފުޅުންނާއި ބައްދަލުކޮށް ސްވިމިން ޓްރެކް އެޅުމުގެ ކަންތަކާއިބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވިއެވެ.

މިސްވިމިންޓްރެކް އެޅުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީ މީދޫދާއިރާގެ ނާއިބް ރައީސް މުހައްމަދު ދީދީ ވިދާޅުވީ މިސްވިމިން ޓްރެކްގެ ސަބަބުން މީދޫގެ ފެތުން ތެރީންނަށް ބޮޑު ފަސޭހައަށްލިބި ފެންވަރު ރަނގަޅު މޮޅު ފެތުންތެރިންތަކެއް އިތުރުވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.   މީގެ އިތުރަށް މުހައްމަދުދީދީ ވިދާޅުވީ ކުޅިވަރުގެ ތަރައްގީ އަށް މި ސަރުކާރުން އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި މިއަދު މި ފެނިގެން ދަނީ އޭގެ ތެރެއިން މުހިއްމު އެއް މަސައްކަތެއްގެ ނިމުން ކަމަށެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރަށްރަށުގައި ކޮމިއުނިޓީ ސްޕްރެޑްގެ ފުރުސަތު އެބައޮތް: ޑރ. އަފްޒަލް

98 މީހުންނާ އެކު ދަތުރުކުރި ށ ނަރުދޫ “އަމާޒު” ބޯޓުގެ ކައްޕި ( ށ . ނަރުދޫމީހެއް ) ...

ފެނަކައިގެ އާއިލާތަކަށް ޚާއްސަކޮށްގެން ޤުރުއާން މުބާރާތެއް ފަށައިފި

ފެނަކަ ކޯޕަރޭޝަންސް ލިމިޓެޑުން އެ ކުންފުނީގެ މުވައްޒަފުންގެ އާއިލާތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޤުރުއާން މުބާރާތް ފަށައިފިއެވެ. މި މުބާރާތް ...

މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ފަށައިފި

ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުން މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔަރ އެންޑް ...