ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތެއް އައްޑޫސިޓީ ހިތަދޫގައި ބާއްވަނީ

ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތެއް ކަމަށްވާ ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް އައްޑޫ ސިޓީ ހިތަދޫގައި ބާއްވާ ގޮތަށް ނިންމައިފިއެވެ.

އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫސިޓީ ހިތަދޫގެ ” އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް” ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ރާއްޖޭގެ އިތުރުން ބޫޓާން، ސައުދީ އަރަބިޔާ އަދި ލަޓްވިޔާގެ ފަނަރަ އަހަރުން ދަށުގެ ޤައުމީ ޓީމުން ވާދަކުރާނެއެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތަކީ އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ އަދި ޔޫއޭފާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތެކެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިމުބާރާތުގައި ބައިވެރިވާ ޓީމުތައް އަންނަ މަހުގެ 18 ވަނަ ދުވަހު އައްޑޫ ސިޓީ އަށް އައުމަށްވަނީ ހަމަޖެހިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިތާއި ފުއްޕާމޭގެ ބަލިތަކަށް ޙާއްސަ މެޑިކަލްކޭމްޕެއް އައްޑޫ ސިޓީގައި ބާއްވަނީ

ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކަށް ޚާއްސަ މެޑިކަލް ކޭމްޕެއް އައްޑޫ ސިޓީގައި ބާއްވަން އޭ.ޑީ.ކޭ ހޮސްޕިޓަލުން ނިންމައިފިއެވެ. ދެދުވަހުގެ ...

ކުޅުދުއްފުށީ ސިޓީ ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތްތެރި މޫނުތައް

ފެތުރެމުންދާ ކޯވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގައި އުފައްދާފައިވާ ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތް މެދުކެނޑުމެއް ނެތި 18 ...

ޒަމާނުންސުރެ ރާއްޖެ ބައްޓަން ކުރަމުން އައި ގޮތުގެ ހިތި ނަތީޖާ މިއަދު މިވަނީ ފެނިފައި: ޔާސިރު

މާލެ ތޮއްޖައްސައި، ހުރިހާ ހިދުމަތެއް ލިބެން ހުންނަ ޖެހޭނީ މާލޭންކަމަށް ދެކި އެ ވިސްނުމުގައި ޒަމާނުންސުރެ ރާއްޖެ ބައްޓަން ...