މަޖިލީހުގެ ރައީސްކަމަށް ރޮޒެއިނާ ޝައުގުވެރިކަން ފާޅުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި، އެ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވަން ޝައުގުވެރިކަން އެބަ ހުންނެވި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ “ފަލަ ސުރުހީ” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރޮޒެއިނާ ވަނީ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ހުންނެވިކަމަށް ފާޅުކުރައްވާފައެވެ. އަދި ރޮޒެއިނާ ވިދާޅުވީ އަންހެން ބާރުވެރިކުރުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ކަމަށާއި، އެހެންކަމުން އަންހެނަކު މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާން އެންމެ ރަނގަޅު ވަގުތުތަކީ މިއީކަމަށްވެސް ރޮޒެއިނާ ވިދާލުވިއެވެ.

” އަންހެން ބާރުވެރިކުރުވުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެއް. އަދި މިއީ އަންހެނަކު މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާން އެންމެ ރަނގަޅު ވަގުތު. އެހެން ނަމަވެސް އެމްޑީޕީގެތެރޭގައި އެފަދަ ކަންކަން ނިންމާނީ ޕާލަމެންޓްރީ ގްރޫޕުން.” އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާގެ އިތުރުން މިހާތަނަށް މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި، ކުރީގެ ހޯމް މިނިސްޓަރު އަދި ކުރިއަށް އޮތް މަޖިލީހުގައި ވިލުފުށީ ދާއިރާ ތަމްސީލްކުރައްވާ މެންބަރު ހަސަން އަފީފާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

މި ބޭފުޅުންގެ ތެރެއިން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަކީ މަޖިލީހުގެ ރައީސްކަމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވާއިރު، މަޖިލީހުގެ ރައީސްކަމަށް ބޭފުޅަކު އިންތިޚާބުކުރުމަކީ އެޕާޓީއަށް ވަރަށް ފަސޭހަކަމެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫއެފާ އެވޯޑަށް، ނޮމިނޭޓްވީ ރޮނާލްޑޯ ސަލާހު އަދި މޮޑްރިޗް

ޔުއޭފާ އިން 2011 ވަނަ އަހަރުން ފެށިގެން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓް ...

އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީގެ ދަރިވަރުން މީދުއަށް ޒިޔާރަތްކޮށްފި

އޮސްޓްރޭލިޔާގެ ” ލެޓްރޯބް ޔުނިވަރސިޓީ ” ގެ  ދަރިވަރުން ތަކެއް މީދުއަށް ޒިޔާރަތް ކޮށްފިއެވެ. ” ލެޓްރޯބް ޔުނިވަރސިޓީ ...

ފެނުގެ އަގާއި ކަރަންޓުގެ އަގު ރެކޯޑް މިންވަރަކަށް ހެޔޮކޮށްދޭނަން- ރައީސް ޔާމީން

ވެރިކަމުގެ ދެންއަންނަ ދައުރެއްގައި ޤައުމީ ފެންކުންފުނީގެ މެޖޯރިޓީ ޙިއްސާ ސަރުކާރުންގަނެ، ފެނުގެ އަގު ހެޔޮކޮށް، ރާއްޖޭގެ ކަރަންޓުގެ އަގު ...