ޔޫރޯ ކޮލިފިކޭޝަންގައި ރަޝިޔާ އާއި ބައްދަލުކުރި މެޗުން ބެލްޖިއަމް މޮޅުވެއްޖެ

Advertisement

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗު ބެލްޖިއަމް ކާމިޔާބުކޮށްފިއެވެ.

ގްރޫޕް އައިގައި ހިމެނޭ ބެލްޖިއަމްއާއި ރަޝިޔާ ބައްދަލުކުރި މިމެޗުން  ބެލްޖިމް މޮޅުވީ 3 ލަނޑު 1 ލަނޑުންނެވެ.

ބެލްޖިއަމްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ބެލްޖިއަމްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު  14 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ  ޔޫރީ ޓީލެމެންސްއެވެ.

އެހެން ނަމަވެސް އޭގެ ދެ މިނެޓްފަހުން ބެލްޖިއަމްގެ ކީޕަރު ކޯޓުއާ އަށް ހެދުނު ގޯހެއްގެ ބޭނުން ހިފައިގެން ރަޝިޔާއިންވަނީ ލަނޑެއްޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު ރަޝިޔާއަށް ކާމިޔާބުކޮށްދިނީ  ޑެނިސް ޗެރިޝޭވްއެވެ.

މިމެޗްގައި ބެލްޖިއަމްއިން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފް ނިމެންދަނިކޮށް، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހަޒާޑްއެވެ.

މިމެޗްގައި ބެލްޖިއަމްއިން ކާމިޔާބުކުރި 3 ވަނަ ލަނޑު  88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ހަޒާޑްއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެސެންސިއޯ އަށް ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކޮށްފި

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ މާކޯ އެސެންސިއޯ އަށް މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކޮށްފި ކަމަށް ރިޕޯޓްތައް ބުނެފި ...

ރެއާލް މެޑްރިޑްގެ ކޯޗުކަމުން ޒިދާން އިސްތިއުފާދީފި

ޗެމްޕިއަންސް ލީގުގެ ތަށި ރެއާލް މެޑްރިޑަށް ޖެހިޖެހިގެން ތިން ފަހަރު ހޯދައިދިނުމަށްފަހު ކޯޗު ޒައިނުއްދިން ޒިދާން އިސްތިއުފާދީފިއެވެ. ކޯޗެއްގެ ...

ޗެމްޕިއަންސް ލީގު – ފުރަތަމަ ފަހަރަށް ޕީއެސްޖީ ފައިނަލަށް

ޗެމްޕިއަންސް ލީގުގެ ފައިނަލަށް  ފުރަތަމަ ފަހަރަށް ފްރާންސްގެ ޕީއެސްޖީ  ދަތުރުކޮށްފިއެވެ. ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ...