އަލްމާ ބޯޓު ފަރަށް އަރައިފ

Advertisement

މާލެއިން ފުރައިގެން ސ.މީދޫ އަށް ދަތުރުކުރި “އަލްމާ” ބޯޓު ސ.މީދޫ ނެރުބައްތީގެ އިރު ދެކުނު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ ރިޕޯޓު ރޭ 02:57 ހާއިރު އެމްއެންޑީއެފްއަށް ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ވަނީ ޑައިވަރުންނާއެކު ހަރަކާތްތެރިވާން ފަށާފައެވެ

މި ހާދިސާ ހިނގި އިރު ބޯޓުގައި 11 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ 5 ބިދޭސީންނާއި 4 ދިވެހިންގެ އިތުރުން ޕަސެންޖަރުންގެ ގޮތުގައި ބޯޓުން ދަތުރުކުރި 1 ބިދޭސީ އަކާއި ދިވެއްސެކެވެ.

އަލްމާ ބޯޓު ފަރަށް އެރުމާ ގުޅިގެން ބޯޓަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ނޫރައްދީން ލޯންޗުގެ ޑައިވަރުން، ޑައިވިންގއަށް ފައިބައިގެން ބެލި ބެލުމުން އަލްމާ ބޯޓުގެ ވާތް ފަރާތުން ގާތްގަނޑަކަށް 3 ފޫޓު ހާތަން ވަނީ ފަޅައިގެން ގޮސްފައެވެ. އަދި ބޯޓު ފަރަށް އަރައި އެއް ފަޅިއަށް އަރި އަޅާލާފައިވާތީ ބޯޓުގައި ހުރި މުދާތައް އެހެން ދޯންޏަކަށް ހުސްކުރުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ދަނީ ކުރަމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު ޕަސެންޖަރުންގެ ގޮތުގައި ބޯޓުން ދަތުރުކުރި 2 މީހުން ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ލޯންޗެއްގައި ސަލާމަތްތެރިކަމާއެކު މީދޫއަށް ގެންގޮސްދީފައެވެ

މަސްދަރު: އެމްއެންޑީއެފް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީން އިތުރު 14 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ- މީގެ ތެރޭގައި ހުޅުމީދޫ 9 މީހަކު ހިމެނޭ

އައްޑޫ ސިޓީން އިތުރު 14 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އިން ...

އައްޑޫގެ އަދަދު މައްޗަށް، އިތުރު 105 މީހަކު ކޮވިޑަށް ފައްސިވެއްޖެ

އައްޑޫސިޓީން އިތުރު 105 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ އައްޑޫން އިތުރު 105 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އައްޑޫން ...

ދަރަނީގެ މައްސަލައެއްގައި ޓްރިވެންޑްރަމްގައި ތާށިވެފައިވެފައި ތިބި ދިވެހި އާއިލާއަކަށް ސަރުކާރުން އެހީވެދެއްވައިފި

ދަރަނީގެ މައްސަލައެއްގައި ޓްރިވެންޑްރަމްގައި ތާށިވެފައިވެފައި ތިބި ދިވެހި އާއިލާއަކަށް ސަރުކާރުން އެހީވެދެއްވައިފިއެވެ. އިންޑިއާގެ ކޯޓަކުން ނެރުނު އަމުރަކާ ގުޅިގެން ...