އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބިންހެލުމެއްގެ އަސަރު ރާއްޖެއަށް ކޮށްފި

އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބިންހެލުމެއްގެ އަސަރު ރާއްޖެއަށް ކޮށްފިއެވެ.

އިންޑޮނޭޝިއާގެ ސުމަޓްރާ ސަރަހައްދަށް މާލެއާއި 2854 ކިލޯމީޓަރު ދުރުމިނުން މިއަދު ހެނދުނު  6:20 ހާއިރު އައި  6.2 މެގްނިޓިއުޓްގެ ބާރުމިނުގެ ބިންހެލުމުގެ އަސަރު ރާއްޖެއަށްވެސް ކޮށްފިއެވެ.
 މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)ގެ އޮފިޝަލަކު “ވަން” އަށް މިއަދު ވިދާޅުވީ ހދ. ހަނިމާދޫގައްޔާއި ގދ. ކާޑެއްދޫގައި ބަހައްޓާފައި ހުރި ސެންސަރުތަކަށް މި ބިންހެލުމުގެ ލޮޅުން ދެނެގަނެވިފައިވާ ކަމަށެވެ. އަދި މީގެ އިތުރަށް ބިން ހެލުމުގެ ސަބަބުން އައި ލޮޅުމުގެ އިހުސާސް މާލޭ ސަރަހައްދަށްވެސް ކޮށް  ބައެއް އިމާރާތްތަކަށް މި ބިންހެލުމުގެ ލޮޅުން އިހުސާސް ކުރެވި އިމާރާތްތަކުން މީހުންވެސް ހުސްކޮށްފައިވެސް ވެއެވެ.

މި ބިންހެލުމާއެކު ރާއްޖޭގެ އެއްވެސް ހިސާބަކަށް ސުނާމީއެއް އެރި ކަމުގެ ރިޕޯޓު ލިބިފައިނުވާ ކަމަށާއި މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައިވަނީ ސުނާމީއެއް އަރާ ވަރަށްވުރެ ކުޑަކޮށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ހާމަކޮށްފައެވެ.

2004 ވަނަ ރާއްޖެ އަށް ސުނާމީ އަރާފައިވަނީ ވެސް އިންޑޮނޭޝިއާ ސުމަޓްރާއަށް އައި ބިންހެލުމުގެ އަސަރު ކޮށްގެންނެވެ. އެ ބިންހެލުމަކީ 9.1 މެގުނެޓިއުޑް ބާރުމިނުގައި އައި ބިންހެލުމެކެވެ.

އިންޑޮނޭޝިއާގެ ސުމަޓްރާ ސަރަހައްދަކީ އާންމުކޮށް ބިންހެލުން އަންނަ ސަރަހައްދެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހަމަނުޖެހުން ބޮޑުވި މެޗް މަންތަރަ ކާމިޔާބުކޮށް ކުއާޓާފައިނަލަށް ދިއުމުގެ ފުރުސަތު ތަނަވަސްކޮށްފި

މަރަދޫ ޔުނައިޓެޑް  ބަލިކޮށް ގްރޫޕް ޑީން  ކްއާޓާފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު ހުޅުދޫ މަންތަރަ ޓީމް ހޯދައިފިއެވެ. ގައުމު ...

މީދޫ ދާއިރާގެ ބަހުސް މިރޭ

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ މެދުގައި ބޭއްވި ބަހުސް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ...

ފަލަސްތީނާއެކު ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން އައްޑޫސިޓީގައި ބާއްވާ ބޮޑު އެއްވުން މިއަދު ހަވީރު

އައްޑޫ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާ އެކީ ތިބިކަން ހާމަކޮށް ދިނުމުގެ ގޮތުން ބާއްވާ ބޮޑު އެއްވުމެއް މިއަދު ހަވީރު ...