Advertisement

ލިވަޕޫލްގެ ހަގީގީ ފެންވަރު ބަޔާނާ ދެކޮޅަށް ދައްކައިފިކަމަށް ކްލޮޕް ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަބުރުގައި ރޭ ބަޔާން އަތުން މޮޅުވެ ލިވަޕޫލްވަނީ ގަދަ 8 ން ޖާގަ ހޯދާފައެވެ. ރޭގެ މެޗް ލިވަޕޫލް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނީ އެޓީމުގެ ހަގީގީ ފެންވަރަކީ މިއީކަމަށެވެ. ބަޔާންކަހަލަ ވަރުގަދަ ޓީމެއް އަމިއްލަ ދަނޑުގައި ބަލިކުރެވޭނީ ކުޅުންތެރީން މޮޅަށްކުޅެގެންކަމަށާ ރޭގެ މެޗަކީ އެޓޭކާ ޑިފެންސްގަވެސް ޓީމުން ޑޮމިނޭޓްކުރި މެޗެއްކަމަށް އޭނާ ބުނިއެވެ.

ޔޫރަޕްގެ ވަރުގަދަ ބޮޑު ކްލަބެއްގެ މަގާމް ލިވަޕޫލް އަނެއްކާވެސް ހޯދައިފިކަމަށާ މިއީ ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއްކަމަށް ކޯޗް ކްލޮޕްބުނިއެވެ. އޭނާ ބުނީ މިއީ ޔޫރަޕްގެ އެންމެ ގަދަ ބާރުތަކުގެ ތެރޭގައި ލިވަޕޫލް ހިމެނުމަށް އެޅުނު ބޮޑު ފިޔަވަޅެއްކަމަށެވެ.

ބަޔާންގެ ކޯޗް ނިކޯކޯއަޕް ބުނީ ޓީމް ބަލިވީ މާބޮޑަށް ޑިފެންސަށް ސަމާލުކަން ދިނުމުންކަމަށާ ރޭގެ މެޗުން ބަޔާންއަތުން ލިވަޕޫލް މޮޅުވުން ހައްގުވަރަށް ލިވަޕޫލް ރޭގެ މެޗްގައި މޮޅަށް ކުޅުނުކަމަށެވެ. އަދި އަމިއްލަ ސްޕޯޓަރުންގެ ކުރިމަތީގައި މާބޮޑު ނަތީޖާއެއް ނުނެރެވުމަކީ ލަދުވެތިކަމެއްކަމަށްވެސް ކޯޗް ކޯއަޕްބުނިއެވެ.

ޚަބަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗައިނާ ލީގު ދޫކޮށް ޓެވޭޒް އެނބުރި ބޮކާ ޖޫނިއާސްއަށް

ބޮޑު އަގުގައި ޗައިނީސް ސުޕަ ލީގުގެ ޝަންހާއި ޝެންހުއާ އަށް ކުޅުނު ކާލޮސް ޓެވޭޒް އެ ކުލަބު ދޫކޮށް ...

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް މެޗްތަކުގެ ގުރުއަތުލުން ބާއްވައިފި

ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން މޮނާކޯގައި ބާއްވައިފިއެވެ. ރޭ ބޭއްވުނު  ގުރުނެގުމުގެ ރަސްމިއްޔާތުގައި ގުރުނަގައިދިނީ އޭސީ މިލާނާ އެކު ޗެމްޕިއަންސް ...

ޗެމްޕިއަންސްލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ބަޔާންމިއުނިކް ސެމީއަށް

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި 8 ލަނޑު 2 ލަނޑުގެ ބޮޑުތަފާތަކުން ބާސެލޯނާ ބަލިކުރުމަށްފަހު  ބަޔާން ...