ކޮޕާޑެލްރޭ ފުޓްބޯޅަ މުބާރަތުގެ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި

Advertisement
Advertisement

ކޮޕާޑެލްރޭ ފުޓްބޯޅަ މުބާރަތުގެ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފިއެވެ.

ބާސެލޯނާ މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީފައިނަލުގެ ފުރަތަމަ ލެގްގެ މެޗް 1 ލަނޑު 1 ލަނޑުން އެއްވަރު ވެފައިވަނިކޮށް ބުދަ ދުވަހުގެ ރޭ ކުޅެވުނު ދެވަނަލެގްގެ މެޗް 3 ލަނޑު 0 ބާސެލޯނާ ކާމިޔާބުކޮށް 4 ލަނޑު 1 ލަނޑުގެ އެގްރިގޭޓުންނެވެ.

ބުދަދުވަހުގެރޭ ރެއާލްމެޑްރިޑްގެ ދަނޑުގައި ކުޅެވުނު މިމެޗުން ރެއާލްމެޑްރިޑު 3-0 އިން ބަލިވިޔަސް މިމެޗްގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް އެޓީމަށްވެސް ލިބި ބޭނުން ނުކުރެވިދިޔަތަން ފެނިގެން ދިޔައެވެ.

މިގޮތުން ފުރަތަމަ ހާފްގެ ތެރޭގައި ކަރިމް ބެންޒެމާ އާއި ވިނީސިއަސް ޖޫނިއާސްއަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަކޮށްލަންޖެހެއެވެ.

މިމެޗްގައި ބާސެލޯނާއިން ކާމިޔާބުކުރި 3 ލަނޑުގެ ތެރެއިން ދެލަނޑު ސުވަރޭޒް ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ އަނެއް ލަނޑަކީ ރެއާލްމެޑްރިޑްގެ ކުޅުންތެރިއެއްކަމުގައިވާ ރަފެއެލް ވަރާން އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މިއީ މި މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ބާސާ ފުރުސަތު ހޯދި ހަވަނަ ފަހަރެވެ. ބާސެލޯނާއަކީ މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަށްވާއިރު، މިހާތަނަށް އެޓީމުން ވަނީ 30 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ. އަދި 10 ފަހަރެއްގެ މަތިން އެޓީމު ވަނީ ދެވަނަ ހޯދާފައެވެ. 

ބުދަދުވަހުގެރޭ މިދެޓީމް ކޮޕާޑެލްރޭގެ ސެމީފައިނަލުގައި ބައްދަލުކޮށްފައިވާއިރު ސްޕެނިޝް ލީގުގައި މިދެޓީމް ބައްދަލުކުރާމެޗް އަންނަ ހޮނިހިރު ދުވަހުގެރޭ ރެއާލްމެޑްރިޑްގެ ދަނޑުގައި އޮންނާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖޯލިއަންސް މިކްސް ވޮލީބޯޅަ މުބާރާތް: ރޭ ކުޅެވުނުމެޗް ކާމިޔާބުކުރީ ޓީމް ޓަފްސިކް

އައްޑޫސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ރޭ ކުޅެވުނުމެޗް ޓީމް ޓަފްސިކް ކާމިޔާބުކޮށްފިއެވެ. ރޭ ...

އައިއެސްއޭ ސްޓްރީޓް ކަޕް 2018

ފިތުރު އީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިމަހުގެ 14 ވަނަ ދުވަހުގެރޭ ” އައިއެސްއޭ ސްޓްރީޓް ކަޕް 2018 ...

މިނިވަން ޗެމްޕިއަންޝިޕް އައްޑޫ މުބާރާތް: ފޭދޫޓީމާ ހިތަދޫޓީމް ބައްދަލުކުރިމެޗް ފޭދޫޓީމް ކާމިޔާބުކޮށްފި

މިނިވަން ޗެމްޕިއަންޝިޕްގެ އައްޑޫއަތޮޅު މުބާރާތުގައި  ހިތަދޫޓީމާއި ފޭދޫ ޓީމް ބައްދަލުކުރިމެޗް  ފޭދޫޓީމް ކާމިޔާބުކޮށްފިއެވެ. އިއްޔެ ހަވީރު ހިތަދޫ ރަސްމީ ...