ވޯލްޑިވްސް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރީގެ ގައުމީ ސެޓަރު މުހައްމަދު ރަނޭޝް ހޮވިއްޖެއެ

ރަނޭޝް ރައީސްކަމަށް ހޮވުނީ ކުރީގެ ނާއިބްރައީސް އިލްޔާސާ ވާދަކޮށްގެން

ވޯލްޑިވްސް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރީގެ ގައުމީ ސެޓަރު މުހައްމަދު ރަނޭޝް ހޮވިއްޖެއެވެ.

މައްސަލަ ބޮޑުވެފައިވާ ވީއޭއެމްގެ އިންތިޚާބު މިއަދު ބާއްވާފައި ވަނީ ފާއިތުވެގެންދިޔަ 2 އަހަރުގެ ތެރޭގައި އެތައް ބައެއްގެ ބުރަމަސައްކަތުންކަން ފާހަގަކޮށްލެވެއެވެ. އެފްއައިވީބީ އަދި އޭސީވީއިން ވާޗުއަލްކޮށް ބައިވެރިވި މިއިންތިހާބްގައި ވީއޭއެމްގެ ރައީސަކަށް މުހައްމަދު ރަނޭޝް ހޮވިފައިވަނީ އިންތިޚާބުގައި ބައިވެރިވި ކުލަބްތަކުގެ އަޣުލަބިއްޔަތުންނެވެ.

ރަނޭޝްއާއެކު ރައީސްކަމުގެ މަގާމަށް ވާދަކުރި ވީއޭއެމްގެ ކުރީގެ ނައިބް ރައީސް އިލްޔާސް އިބްރާހިމްވަނީ އިންތިޚާބުގައި ވޯޓު ލުމުގެ ކުރިން އިންތިހާބީ މަރުކަޒު ދޫކޮށް ގޮސްފައެވެ. އިލްޔާސްވަނީ ރައީސްކަމަށް ވާދަކުރި މުހައްމަދު ރަނޭޝްގެ ކެންޑިޑެންސީއާމެދު ސުވާލު އުފައްދާފައެވެ. އިލްޔާސްބުނީ ރަނޭޝްގެ ޓީމުން އެސޯސިއޭޝަނަށް ލިއުންތައް ހުށައަޅާފައިވަނީ މުއްދަތު ފަހަނައަޅާ ދިޔަފަހުންކަމަށް ބުނެފައެވެ. އަދި ރަނޭޝްގެ ކެންޑިޑެންސީ ބަލައިގަތުމަށް އެސޯސިއޭޝަނުން ނިންމުމާއި ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެން އިލްޔާސްވަނީ އިންތިހާބީ މަރުކަޒު ދޫކޮށް ގޮސްފައެވެ.

ވީއޭއެމްގެ ރައީސްކަމަށް މުހައްމަދު ރަނޭޝް ހޮވިފައިވަނީ ވޯޓުގައި ބައިވެރިވި 6 ކުލަބްގެ ތެރެއިން 6 ވޯޓް ލިބިގެންނެވެ. އިލްޔާސްއަށް ވޯޓެއް ލިބިފައެއް ނުވެއެވެ.

ވީއޯއެމްގެކުރީގެ ރައީސް ލަޠީފު

ކުރީގެ ގައުމީ ސެޓަރު މުހައްމަދު ރަނޭޝްވަނީ 2016ވަނަ އަހަރު މުހައްމަދު ލަތީފްގެ ލީޑަރޝިޕްގެ ހަޒާންދާރުގެ މަގާމު ފުރުމަށްފަހު، ރަނޭޝްވަނީ ވީއޭއެމްގެ ސީނިއަރ ނާއިބް ރައީސްގެ މަގާމްވެސް އަދާކޮށްފައެވެ. އަދި ހިންހަމަނުޖެހުންތަކާއިއެކު 2018ވަނަ އަހަރު މުހައްމަދު ރަނޭޝްވަނީ މަގާމްއިން އިސްތިޢުފާދީފައެވެ

އެސޯސިއޭޝަންގެ ނާއިބް ރައީސަކަށް ހޮވިފައިވަނީ 6 ވޯޓާއެކު އަލީ އަޝްރަފެވެ. ޔުމްނާ އަބްދުލް އަޒީމަށް އެއްމެ ވޯޓެއްވެސް ލިބިފައެއް ނުވެއެވެ. ހަޒާންދާރަކަށް ހޮވިފައިވަނީ 6 ވޯޓްއާއެކު މުހައްމަދު ރާމިޒެވެ. އަހުމަދު ނިޒާމަކަށް ވޯޓެއް ލިބިފައެއް ނުވެއެވެ. ވީއޭއެމްގެ ރޫލްސް ކޮމިޝަނަށް ހޮވިފައިވަނީ އަހުމަދު އަދީލް، މުހައްމަދު ޝާހިދު، މުހައްމަދު ހަމީދުއެވެ. ކޮންމެ ބޭފުޅަކަށްވެސް 6 ވޯޓް ލިބިފައިވެއެވެ. ޓެކްނިކަލް އަދި ޑިވެލޮޕްމަންޓް ކޮމެޓީއަށް އިންތިޚާބު ކޮށްފައިވަނީ މުހައްމަދު ސާޖިދާއި، ޝުއެއިބު އަހުމަދާއި، މުހައްމަދު ސަލީމެވެ. ބީޗް ވޮލީ ކޮމިޝަނަށް އިންތިޚާބު ކޮށްފައިވަނީ އަބްދުﷲ ނަޝީދާއި އިސްމާޢީލް ސަމާހާއި، އިސްމާޢީލް ޝަރީފާއި ހުސައިން ޝަރީފުގެ އިތުރުން އަދުނާން އަބްދުއްރަހީމެވެ.

ވީއޭއެމްގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްގު ލިބިފައިވާ 9 ކުލަބް ހިމެނެއެވެ. އެއީ ދިވެހި ސިފައިންގެ ކްލަބް، ޕޮލިސް ކްލަބް، އައްޑޫ ސްޕޯޓްސް ކްލަބް، ސްޕޯޓްސް ކްލަބް ހޯކްސް، ގުޑީސް ސްޕޯޓްސް ކްލަބް، މޯލްޑިވިއަން، ޔޫތު ނިއު ޖެނެރޭޝަނާއި، ކުލަބް ހާފް ލިންކޭޖެވެ.

މިއިންތިހާބްގައި އަމަލު ކޮށްފައިވަނީ 2015ވަނަ އަހަރުގެ އަސާސީ ޤާވާއިދާއި އެއްގޮތަށެވެ. އެގޮތަށް ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 24ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެކްސްޓަރ އޯޑަނަރީ ކޮންގްރެސްގައެވެ.

ވީއޭއެމްގެ މައްސަލަތަކެއް ހުރިކަމަށް ފާހަގަވެ، އެމައްސަލަތައް ބެލުމަށް ސްޕޯޓްސް ކޮމިޝަނަރވަނީ ވީއޭއެމް ނޯމަލައިޒިން ކޮމިޓީ އާއި ހަވާލުކޮށް މައްސަލަ ބަލަން ފެށިއެވެ. ވީއޭއެމްއަށް ކުރިމަތިވެފައިވާ މައްސަލަތަށް ހައްލުކުރުމަށް، 2019 ވަނަ އަހަރު، ސްޕޯޓްސް މިނިސްޓރަ އަހުމަދު މަހުލޫފާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުގޫޒު ވަނީ އެފްއައިވީބީ އާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. ކުރެވުނު މަޝްވަރާތަކަށް ފަހު އެފްއައިވީބީ އިން އެޑްހޮކް ކޮމިޓީއެއް އުފައްދާ، ވީއޭއެމްއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ގެނައުމަށް މަސައްކަތްފެށިއެވެ. ނަމަވެސް، ކޯވިޑް 19ގެ ހާލަތާއި ގުޅިގެން މި މަސައްކަތް އެދެވޭ ގޮތެއްގައި ކުރިޔަށް ނުގެންދެވުނެވެ. އެހެންކަމުން، ނިމިގެންދިޔަ ވީއޭއެމްގެ އިންތިޚާބާއެކު، ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ލިބި ވީއޭއެމްގެ ހިންގުން ހަރުދަނާވެގެންދާނެކަމަށް ބެލެވެއެވެ.

މަސްދަރު ޕީއެސްއެމް ނިއުސް

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިތުރުވަގުތުގައި ދެލަނޑު ޖަހާ ވޭލްސް ބަލިކޮށް އިރާނަށް ވޯލްޑްކަޕުގެ ފުރަތަމަ މޮޅު!

އިތުރުވަގުތުގައި ޖެހި ދެލަނޑާއެކު އިރާނުން ވޭލްސް ބަލިކޮށް ގަތަރު ވޯލްޑްކަޕް 2022 ގެ ފުރަތަމަ މޮޅު ހޯދައިފި އެވެ. ...

ފައިނުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކޮށްފި

ފައިނުން ބަންޑާރަ ގޯތި ދޫކުރުމަށް މިދިޔަ އަހަރު ފައިނު ކައުންސިލުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ...

ގައުމު ސްޓްރީޓް ކަޕް : މިއަދުގެ މެޗުވެސް ބީރިކަނާ ކާމިޔާބުކޮށްފި

ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގެ މިއަދު ހަވީރު ކުޅުނުމެޗް އެފްސީ ...