އައްޑޫ ސިޓީން އިތުރު 42 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 42 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އައްޑޫސިޓީން އަލަށް ޕޮޒިޓިވް ވެފައިވަނީ 22 ދިވެހީންނާއި 20 ބިދޭސީން ވެ.

މީގެ ތެރެއިން ހިތަދޫން ޕޮޒިޓިވް ވެފައިވަނީ 8 މީހެކެވެ. އެއީ ފުލޫ ކުލިނިކަށް ދެއްކި ދެ މީހަކާއި ޑައިރެކްޓް ކޮންޓެކްޓުވި 6 މީހެކެވެ. މަރަދޫއިން ޕޮޒިޓިވްވެފައިވަނީ ދެ މީހެކެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ހުރި މީހަކާއި ފުލޫކުލިނިކަށް ދެއްކި މީހެކެވެ. ފޭދުން ޕޮޒިޓިވް ވެފައިވަނީ  ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ޕޮޒިޓިވްވި 21 މީހަކާއި، ފަސް ސަވައިލަންސް ސާމްޕަލާއި، 4 ރެންޑަމް ސާމްޕަލާއި، ފުލޫ ކުލިނިކަށް ދެއްކި 2 މީހެކެވެ

އައްޑޫގައި މިވަގު ކޮވިޑްގެ އެކްޓީވް ކޭސްގެ ގޮތުގައި ވަނީ 249 މީހެކެވެ.  އެއީ ހިތަދޫގައި 56 މީހަކާއި މަރަދޫގައި 93 މީހަކާއި، މަރަދޫފޭދޫގައި 5 މީހަކާއި، ފޭދޫގައި 89 މީހަކާއި، ހުޅުދޫގައި ދެ މީހަކާއި، މީދޫގައި ތިން މީހަކާއި ގަމުގައި އެކެކެވެ.

 އައްޑޫއިން ކޮވިޑަށް މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 1336 މީހުންނެވެ. އޭގެތެރެއިން 1084 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ފާއިތުވު 24 ގަޑިއިރުތެރޭ ބަލިން ފަސޭހަވެގެން ދޫކޮށްލާފައިވަނީ 16 މީހެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީން އިތުރު 20 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 20 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން އައްޑޫސިޓީން އިއްޔެ ...

މީދޫ – ހިތަދޫ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް މިއަދު ކުޅެނީ

މީދޫ 20 އަހަރުން ދަށުގެ  ޓީމަކާއި  ހިތަދޫ  20 އަހަރުން ދަށުގެ ޓީމަކާއި  ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ...

ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހުޅުދޫއާއި މީދުއަށް ޒިޔާރަތްކުރައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހުޅުދޫއާއި މީދުއަށް ޒިޔާރަތްކުރައްވައިފިއެވެ. ނައިބު ރައީސު  ހުޅުދުއާއި މީދުއަށް ކުރެއްވި ޒިޔާރަތުގައި ...