މެސީގެ އެއްބަސްވުން އާ ނުކުރަން ނިންމައި، އޭނާ ދޫކޮށްލަން ބާސާއިން ނިންމައިފި

ބާސެލޯނާ އަށް ކުޅެމުން އައި އާޖެންޓިނާގެ އިތުބާރު ފޯވާޑް ލިއޮނަލް މެސީގެ އެއްބަސްވުން އާ ނުކުރަން ނިންމައި، އޭނާ ދޫކޮށްލަން ބާސާއިން ނިންމައިފި އެވެ.

ދުނިޔޭގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ގެނުވި މި ނިންމުން ނިންމާ ބާސެލޯނާއިން މިކަން ހާމަކުރީ ރޭގެ ވަގުތެއްގައެވެ

މިހާރު އުމުރުން 34 އަހަރުގެ މެސީ ދޫކޮށްލަން ބާސެލޯނާ އިން ނިންމުމާއި އެކު މެސީ އަންނަ ސީޒަނުގައި ދެން ފެނިގެންދާނީ ބާސާ ނޫން އެހެން ކުލަބަކުންނެވެ.

މި ކަމާއި ގުޅިގެން ބާސާއިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކުލަބުން މެސީ ދޫކޮށްލަން ނިންމީ ކުލަބުގެ މާލީ ހާލަތު ވަރަށް ބޮޑަށް ދައްވުމުގެ ސަބަބުންކަމަށެވެ.

ބާސެލޯނާއާ އެކު މެސީ ހަދާފައިވާ އެއްބަސްވުން މިދިޔަ ޖޫން މަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ. އެހެން ކަމުން މެސީ ހުރީ ހިލޭ ޓްރާންސްފާގެ ދަށުން އޭނާ ބޭނުން ކްލަބަކަށް ބަދަލުވެވޭ ގޮތަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް ކުރިއަށް އޮތް ސީޒަނުގައި މެސީ ބާސެލޯނާއިން ފެނިގެންދާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އަދި އެހެންމެ މިއަދުގެ ވަގުތެއްގައި މެސީގެ އެއްބަސްވުން ބާސާއާއި އެކު އައު ކުރާނެ ކަމަށް ވެސް އޮތީ ބެލެވިފައެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ ގިނަ ބަޔަކު ހީކުރިގޮތާއި މުޅިން ޚިލާފަށެވެ.

މުޅި ކެރިއަރު ބާސެލޯނާ އަށް ހުސްކުރި މެސީ އޭނާގެ ޒަމާންވީ ކާމިޔާބު ކުލަބު ދޫކޮށް ދާން ޖެހުނުއިރު، ބާސާއާއި އެކު ގުނާ އަދަދު ނުކުރެވޭ ހާ ގިނަ ބޮޑެތި ކާމިޔާބީތަކެއް މެސީ ވަނީ ހޯދާފައެވެ. މެސީ ކުލަބު ދޫކޮށްލަން ނިންމިއިރު މެސީއަކީ ފާއިތުވެދިޔަ 17 އަހަރު ބާސާގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެންމެ މުހިންމު ކުޅުންތެރިޔާއެވެ.

ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ފެށެން ދާދި ކުޑަ ދުވަސްކޮޅަކަށް ވެފައިއޮއްވައި މެސީ ބާސާއާއި ވަކިވިއިރު، އެ ކުލަބުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް ވަނީ މެސީއާއި އެކު ބާސާ ދޫކޮށް ދާން ނިންމާފައެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި ބާސާގެ ނުވަދިހައިން ސައްތަ ސަޕޯޓަރުން ވަނީ މެސީގެ ފަހަތުން ދާން ނިންމާފައެވެ.

2004 ވަނަ އަހަރު ބާސާގެ ސީނިއާ ޓީމަށް ކުޅެން ފެށި މެސީ ބާސެލޯނާގައި ހޭދަކުރި މުއްދަތުގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހަ ފަހަރު މެސީ ވަނީ ހޯދާފައެވެ. އަނެއްކޮޅުން ބާސެލޯނާ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑުވެސް މެސީ ވަނީ ހަދާފައެވެ. އެއް ކްލަބަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ވެސް އޮތީ މެސީގެ އަތުގަ އެވެ.

ބާސާއިން މެސީ ދޫކޮށްލަން ނިންމުމާއި ގުޅިގެން ދެން މެސީ ފެނިގެންދާނީ ކޮން ކުލަބަކުންކަމާއި މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. މެސީ ހޯދުމަށް މީގެ ކުރިންވެސް ފާރަލަމުން އައީ ފްރާންސްގެ ޕީއެސްޖީއާއި މެންޗެސްޓާ ސިޓީންނެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި މެސީ ފެނުން އެންމެ ގާތީ މެންޗެސްޓާ ސިޓީންނެވެ.

މަސްދަރު: ދުވަސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިނިވަންކަޕް 2018 : ކްއާޓާފައިނަލްގައި ޑީކޭއާއި ކެެނެރީފް – ޒެލޯންއާއި ގައުމު އެފްސީ

މިހާރު ހުޅުދޫގައި ކުޅެވެމުންދާ މިނިވަންކަޕް ފުޓްސަލް މުބާރާތުގެ ކުއާޓަރފައިނަލްގެ މެޗްތައް މިއަދު ފެށޭނެއެވެ. ރޭކުޅެވުނު ގްރޫޕް އޭގެ ފަހު ...

ހިތަދޫ ސްކޫލް ބަލިކޮށް އަތޮޅުމަދަރުސާ ފައިނަލަށް

މިއަދު ހަވީރު ކުޅެވުނު މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ މެޗުގައި ހިތަދޫ ސްކޫލް ...

ބަދަހިކަޕް : ޕޮލިސްޓީމު ކުޅުނދެވަނަމެޗްވެސް ތަފާތު ބޮޑު ނަޖީއަކުން ކާމިޔާބުކޮށްފި

” ބަދަހިކަޕް ”  ނެޓްބޯޅަ މުބާރާތުގައި ޕޮލިސްޓީމް ކުޅުނު ދެވަނަމެމެޗްވެސް  ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ. ރޭ ކުޅެވުނު ...