މެމްބަރު ވަހީދަށް މަރުގެ އިންޒާރުދިން ޓީޗަރު ވަޒީފާއިން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އުނގުފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މަރާލަންޖެހޭކަމަށް ބުނެ ފޭސްބުކްގައި ލިޔުނު ނ. ކުޑަފަރީ ސްކޫލުގެ އިސްލާމް ޓީޗަރު ވަޒީފާއިން ވަކިކޮށްފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ދުވަސްވަރު މެމްބަރު ވަހީދު ދެއްކެވި ވާހަކަފުޅަކާ ހިންހަމަޖެހިވަޑައި ނުގެން، އެ މުދައްރިސްކޮށްފައިވާ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައި ވަނީ “މި ސިކު މުރުތައްދު ކަލޭގެއަށް ތައުބާވުމަށް އަންގައި، އެކަން ނުކޮށްފިނަމަ މަރާލަންޖެހޭ” ކަމަށެވެ.

އެ މައްސަލާގައި އޭނާ ސަސްޕެންޑް ކުރީ މެއި މަހުގެ ނުވަ ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭނާ ސަސްޕެންޝަނުގައި ހުންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ސިވިލް ސާވިސް ކޮމިޝަންއިން އޭނަ ވަޒީފާއިން ވަކިކުރީ މިއަދުއެވެ.

“ޖަޒީރާ” އަށް މައުލޫމާތު ހިއްސާކުރަމުން ކޮމިޝަނުން ބުނީ އެ ޓީޗަރު ވަޒީފާއިން ވަކިކުރީ އެޑިއުކޭޝަން މިނިސްޓްރީން އެ މައްސަލަ ބަލާ ނިންމުމަށް ފަހު އޭނާ ވަކިކުރުމަށް އެދުމުން ކަމަށެވެ.

އޭނާ ވަކިކުރީ އޭނާގެ ޕޯސްޓުގައި މަރުގެ އިންޒާރު ދީފައިވާއިރު، އެއީ ޓެރަރިޒަމް ގާނޫނުގެ ދަށުން ކުށަކަށްވާތީ އެވެ. އަދި ކުޑަކުދިންތަކަކަށް ކިޔަވައިދޭ މީހަކު އެފަދަ ވާހަކަތަކެއް ދެއްކުމަށް ފަހު ދެން މަގާމުގައި ބަހައްޓައިފިނަމަ ވެދާނެ ގެއްލުމަކަށް ބަލާފައި ކަމަށް ބުނެފައިވެއެވެ.

ސީއެސްސީން ބުނީ އޭނާ ވަޒީފާއިން ވަކިކުރުމަށް އެ ކޮމިޝަނުން ނިންމާފައި އޮންނަތާ މިހާރު ދެ ހަފްތާއަށް ވުރެ ދުވަސްވެފައިވާ ކަމަށެވެ. އެކަން ތަންފީޒުކޮށްފައި ވަނީ މިއަދުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަލަފެހި އައްޑޫ ޕްރޮގްރާމުގެ ދަށުން 300 ގެއިން ހިލޭ ކުނި ނަގައިފި

އައްޑޫސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން ރޯދަމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ނަލަފެހި އައްޑޫ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 300 ...

އައްޑޫސިޓީ ބްރިޖް: ޕްރިލިމިނަރީ ޑިޒައިން އަދި ސަރވޭގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އައްޑޫސިޓީގެ ހިތަދޫއާއި ހުޅުދޫ މީދޫ ގުޅުވައިދޭ ބްރިޖު މަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސަރވޭގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ...

އައްޑޫ ސިޓީން އިތުރު 38 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 38 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.   މައުލޫމާތު ލިބިފައިވާގޮތުން އިއްޔެ ކޮވިޑް 19 އަށް ...