ޔާމީންގެ މައްޗަށް މަނީ ލޯންޑްރީގެ ދައުވާ އުފުލައިފި

Advertisement
Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ޕީޖީ އޮފީހުން މިއަދު ކްރިމިނަލް ކޯޓްގައި އުފުލައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، މއ. ކާމިނީހުޅަގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގްގެ ކުށުގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މަނީ ލޯންޑްރިން ކުރެއްވި ކަމަށް ތުހުމަތުވާ މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާ ކުރަން ފުލުހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.

ފުލުހުން، ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަން ފޮނުވީ، އެމްއެމްޕީއާރްސީގެ ތެރެއިން ހިޔާނަތްވި ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ބުނެއެވެ.

އެ ފައިސާއާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަހުގީގާ ގުޅިގެން ހިންގި މުއާމަލާތްތަކުގައި ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ވެސް އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށްފަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އަދި ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ ތަހުގީގު ކުރުމަށްފަހު، އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށާޢި އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލުކުރަން އެމަނިކުފާނަށް ދެންނެވި ކަމަށާއި ނަމަވެސް އެ ފައިސާ ދައުލަތާ ހަވާލުނުކޮށް އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައި އެ ފައިސާ ދައުރުކޮށް މުއާމަލާތްކޮށްގެން މާލީ މަންފާ ލިބޭގޮތަށް ބޭނުންކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ އިތުރުން އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައި ރައީސް ޔާމީނާ ބައިވެރި އެހީތެރިވެ ދިނުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތުގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް ފުލުހުން ވަނީ ޕީޖީގައި އެދިފައެވެ.

ނަމަވެސް އެ މައްސަލާގައި އާޒިމާގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމެއްދި އަދި ޕީޖީ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

Advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ބަހުރުވައިން ހުތުބާ ކިޔައިގެން ސަސްޕެންޑްކުރި މުދިމުގެ ސަސްޕެންޝަން އުވާލައިފި

އައްޑޫ ސިޓީ މީދޫގައި އައްޑޫ ބަހުރުވައިން ހުތުބާ ކިޔައިގެން ސަސްޕެންޑްކުރި މުދިމުގެ ސަސްޕެންޝަން އުވާލައިފިއެވެ. މުދިމު މުހައްމަދު ރަޝީދު ...

އޭދަފުށީގައި ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ބ. އޭދަފުށީގައި ހޯމް ކަރަންޓީނުގައި ތިބި ދެ ބިދޭސީއަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި ...

“ބެސްޓް އައިލެންޑް އިން އޭޝިއާ” ގެ މަޤާމު ރާއްޖެއަށް

ޓްރެވަލް ޕްލަސް ލެޝަރ 2022 ގެ ވޯލްޑްސް ބެސްޓް އެވޯޑްސްގެ “ބެސްޓް އައިލެންޑް އިން އޭޝިއާ” އެވޯޑު ދިވެހިރާއްޖެއަށް ...