ބީއެމްއެލްގެ ފުރަތަމަ ބިޒްނަސް ސެންޓަރު އައްޑޫސިޓީގައި ގާއިމްކޮށްފި

Advertisement

ބޭންކް އޮފް މޯލްޑިވްސްގެ ފުރަތަމަ ބިޒްނަސް ސެންޓަރ އައްޑޫ ސިޓީގައި ހުޅުވައިފިއެވެ

މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ބިޒްނަސް ސެންޓަރުތަކުގެ ތެރެއިން ފުރަތަމަ ހިދުމަތްދޭން ފެށުނު ސެންޓަރެވެ.

ބީއެމްއެލް އިން މައުލޫމާތު ދޭގޮތުގައި މި ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ތިބޭނެއެވެ. ވިޔަފާރި އާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި ލޯނަށް އެދި ހުށަހެޅުމުގެ މަރުހަލާގައި އެހީތެރިކަން މި މުވައްޒަފުންގެ ފަރާތުން ލިބިގެންދާނެއެވެ.

ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކައިރި މުސްތަގްބަލެއްގައި މިފަދަ ސެންޓަރުތައް މާލެ ހުޅުމާލެ އަދި ކުޅުދުއްފުށީގައި ހުޅުވިގެންދާނެ ކަމަށްވެސް ބީއެމްއެލް އިން ހާމަކުރެއެވެ.

ހިތަދޫގައި ބޭއްވި އައްޑޫ ބިޒްނަސް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޭންކް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ އައްޑޫ ސިޓީއަކީ ރާއްޖޭގެ އިޤްތިސާދުގެ މުހިންމު ދައުރެއް އަދާކުރާ ސިޓީއަކަށްވެފައި އައްޑޫ ގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ބިޒްނަސް ސެންޓަރެއް ގާއިމްކުރެވިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.

އައްޑޫ ބިޒްނަސް ސެންޓަރ ހުޅުވުމުގެ އިތުރުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ފަތުރުވެރިންނަށް ބޭރު ފައިސާ މާރުކުރުމަށްޓަކައި އެކްސްޗޭންޖް ކައުންޓަރެއް ވެސް ގާއިމްކޮށްފައެވެ. އިންޓަރނޭޝަނަލް ފްލައިޓް ގަޑިތަކުގައި މި ކައުންޓަރުގެ ހިދުމަތް ލިބެމުންދާނެއެވެ.

Advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސްޕެނިޝް ލަލީގާ- ބޭނުމީ މިރޭގެ މެޗުން މޮޅުވެ މިކަން ނިންމާލުން- ޒިދާން

ސްޕެނިޝް ލަލީގާގައި މިރޭ ވިލަރެއާލްއާއި ދެކޮޅަށް ނިކުންނައިރު އެންމެބޮޑު ވިސްނުމެއް ހުރީ މެޗުން މޮޅުވެގެން ލީގު ޗެމްޕިއަންކަން ހޯދުންކަމަށް ...

ހުޅުމީދޫ ސިއްޙީ މަރުކަޒަށް ބޭނުންވާ ކަންކަން 3 މަސްދުވަހުގެ ތެރޭގައި ފުރިހަމަކޮށްދޭނަން- މިނިސްޓަރ

އައްޑޫ ސިޓީ ހުޅުމީދޫ ސިއްޙީ މަރުކަޒުންދޭ ޚިދުމަތްތައް ރަނގަޅު ކުރުމަށް ބޭނުންވާ ކަންކަން ކުރިއަށްއޮތް ތިން މަސްދުވަހުގެ ތެރޭގައި ...

ބްރިޖާއި އައްޑޫ މަގު ހެދުމުގެ މަޝްރޫއަށް 1 ބިލިއަން އިތުރުކުރަން ހުށައަޅައިފި

އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ އާއި ހަވާލުކޮށްގެން ހިންގާ ތިލަ މާލެ ބްރިޖު އެޅުމުގެ މަޝްރޫއާއި، އައްޑޫ ސިޓީގެ މަގުތައް ...