އިންޑިއާއިން ދިން ވިސާގެ ލުއިތަކަށް އަންނަމަހު އަމަލު ކުރަންފަށަނީ

Advertisement

އިންޑިއާއިން ރާއްޖެއަށްދިން ވިސާގެ ލުއިތަކަށް އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްރީމަންޓަށް އަމަލުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށް އަންނަ މަހުގެ 11ވަނަ ދުވަހުން ފެށިގެން އެ އެގްރީމަންޓަށް ދެ ގައުމުން އަމަލުކުރުމަށް އެއްބަސްވެ ރަސްމީ ލިޔުން މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމަކީ ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ސޮއި ކުރެވުނު އެއްބަސްވުމެކެވެ

ވިސާ އެއްބަސްވުމުގައި ހުރިކަންކަމުގެ ތެރޭގައި ހިމެނެނީ ވިޔަފާރި އާއި ޓޫރިޒަމް އަދި ބޭސްފަރުވާ ދަތުރުތަކަށް 90 ދުވަހުގެ ވިސާއެކެވެ. ޓޫރިސްޓް ވިސާގައި ހުއްޓައި ކުއްލި ސިއްހީ ހާލަތެއް މެދުވެރިވެއްޖެނަމަ ރާއްޖެ ނައިސް މެޑިކަލް ވިސާއަށް ބަދަލުކުރުމާއި، ދިގުމުއްދަ ބޭސްކުރަން ޖެހޭ ހާލަތްތަކުގައި ހާލަތަށް ބަލައި ދެ އެހީތެރިންނާއި އެކު އެއް އަހަރު ދުވަހުގެ ވިސާ ދޫކުރުމާއި، މަލްޓިޕަލް އެންޓްރީ ސްޓޫޑަންޓް ވިސާ ޖަހައިދިނުމުގެ އިތުރުން 18 އަހަރުން ދަށުގެ ދަރިވަރުންގެ ބެލެނިވެރިންނަށް ވެސް މަލްޓިޕަލް އެންޓްރީ ވިސާ ދޫކުރުމުގެ އިރުތުން މަތީ ތައުލީމް އުގެނޭ ދަރިވަރުންގެ ދަރިން 18 އަހަރަށްވުރެން ހަގުނަމަ އަަނބީނާއި ފިރިންނާއި މައިންބަފައިންނަށް ވެސް ވިސާ ދޫކުރާ ކަމަށް މި އެއްބަސްވުމުގައި ވެއެވެ.

Advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގއ. ފެށިގެން އައްޑުއަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފި

ބޯކޮށް ވާރޭވެހޭނެކަމަށް ބަލައި ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓ ނެރެފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދެންމެ ނެރުނު ...

ފުޑް ސެކިއުރިޓީ ގެ ބާބު

އަހަރެން މާލެ ހިޖުރަ ކުރިތާ ތިރީސް އަހަރަށްވުރެ ގިނަވީއެވެ. ޅަ ދުވަސްވަރު އަމިއްލަ ވަޒަން ދޫކޮށް، ރަޙުމަތްތެރިންނާއި ސަކަރާތް ...

ނަސްރުގެ ދުވަސް: ގައުމަށްޓަކައި އަހަރެމެންގެ މޭ އައްޑަނައަކަށް ދިއްކޮށްލުމަކީ މޮޓޯކަމުގައި ޚިޔާރުކުރަމާތޯ

އެންމެހައި ދިވެހިންނަށް އެނގިލައްވާނެހެން ނަސްރުގެ ދުވަހަކީ03 ނޮވެމްބަރު 1988 ވީ ދުވަހު ރާއްޖެ އަށް ކުރިމަތިވި ޓެރަރިސްޓް ހަމަލާއިން ...