ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި ހުރި ގިނަ ކަންކަމަށް ލޭބަރ ޕާޓީން ތާޢީދުކޮށްފި

Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިއްޔެ ހުށަހެޅުއްވި ރިޔާސީ ބަޔާނަށް  މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީން ތާޢީދުކޮށްފިއެވެ.

ލޭބަރ ޕާޓީން ނެރުނު ނޫސްބަޔާނުގައި ހާމަކޮށްފައިވާގޮތުން އިއްޔެ  ރައީސް ޞާލިޙު ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި އާމްދަނީން ޓެކްސް ނަގަން ނިންމައި، އަންނަ އަހަރުން ފެށިގެން ވަކި މިންވަރަކަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ ޢާމްދަނީން ޓެކްސް ނަގަން ނިންމި ނިންމުމަކީ ރަގަޅު ނިންމުމެއްކަމަށް ހާމަކޮށް އެކަމަށް މަރުޙަބާ ކިޔާ ފައިވެއެވެ.

އާމްދަނީ އިތުރުވާ މިންވަރުން ޓެކްސްގެ ނިސްބަތް މަތިވާ (ޕްރޮގްރެސިވް އިންކަމް ޓެކްސް) ތަޢާރަފްކުރުމަށާއި، އާމްދަނީ ރިޕޯޓުކުރުމުގެ ނިޒާމު ހަރުދަނާކޮށް، “ގޮތްނޭނގޭ” އާމްދަނީ ހާމަކުރުން މަޖުބޫރުކުރުމުގެ ބާރު ތަޙުޤީގީ އަދި ޝަރުޢީ އިދާރާތަކަށް ދިނުމަކީ ޓެކްސްގެ ނިޒާމު އިންސާފުވެރިކޮށް، ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުން ހުއްޓުވުމަށް ކޮންމެހެން ލާޒިމު ކަމެއްކަމަށްވެސް އިއްޔެ ލޭބަރ ޕާޓީން ނެރުނު ނޫސްބަޔާނުގައި ހާމަކޮށްފައިވެއެވެ.

އެންމެ ދަށުން ލިބޭ އާމްދަނީ (މިނިމަމް ވޭޖް) ކަނޑައެޅުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް މަރުޙަބާ ކިޔާ، ވަކިވަކި ސެކްޓާރތަކަށް ކަނޑައަޅާފައިވާ މިނިމަމް ވޭޖު ނިންމުމުގައި އިންޑަސްޓްރީތަކުގެ މަސައްކަތްކުރާ ފަރާތްތަކާއި، މަސައްކަތްތެރިންގެ ޖަމްޢިއްޔާތަކާ އިތުރަށް މަޝްވަރާކުރުމަކީ މުހިންމު ކަމެއްކަމަވެސް ލޭބާޕާޓީގެ ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި މީގެ އިތުރަށް ޢަދުލު އިންސާފުގެ ނިޒާމް ހަރުދަނާކުރުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާމެދު ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި ދެއްވާފައިވާ ޔަޤީންކަމަށްވެސް ލެބަރ ޕާޓީގެ ނޫސްބަޔާނުގައި  މަރުހަބާ ދަންނަވާފައިވެއެވެ.  އަދި އެކަންކަން ތަންފީޒުކުރުމުގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ލޭބަރ ޕާޓީގެ ނޫސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.

Advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުޓްބޯޅަ ކުޅެން ހުއްޓައި މިއަދު މީހަކު މަރުވެއްޖެ

ފުޓްބޯޅަ ކުޅެން ހުއްޓައި މިއަދު މީހަކު މަރުވެއްޖެ އެވެ. ކ. ހިންމަފުށީ އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ...

މީދޫ މަޖުދުއްދީންމަގުގައި ތާރުއެޅުމުގެ މަސައްކަތް އެފްކޮންސް އިން ފަށައިފި

މީދޫ މަޖުދުއްދީންމަގުގައި ތާރުއެޅުމުގެ މަސައްކަތް އެފްކޮންސް އިން ފަށައިފިއެވެ. މިއަދު މެންދުރު ފަހު މަޖުދުއްދީން މަގުގައި ތާރުއަޅަން ފަށާފައިވާއިރު ...

ޕީޕީއެމުން ވަކިކުރަން ނިންމި ނިންމުން ބަލައެއް ނުގަންނަން: މަލީހް

ކުރީގެ ރައީސް ޔާމީނު ފަޅީގައި ހުންނެވި މުހައްމަދު މަލީހް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިކުރުމަށް ...