އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އެހެންތަނަކަށް ބަދަލުކުރުމުގެ ވިސްނުމެއް ނުގެންގުޅެން – ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އެހެންތަނަކަށް ބަދަލުކުރުމުގެ ވިސްނުމެއް ނުގެންގެޅޭމަކަށް ފިޝަރިޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

ޒަހާ ވަހީދު މިހެން ވިދާޅުވީ އައްޑު އަތޮޅު ހުޅުމީދޫގައި އަޅާފައިވާ “އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް” އަކީ މިފްކޯގެ ތާރީހުގައި އެ ކުންފުންޏަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބުނު އިންވެސްޓްމަންޓެއްގެ ގޮތުގައި އެ ކުންފުނީގެ އާ އެކްޓިން މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވެފައިވާ ވިދާޅުމާއި ގުޅޭގޮތުން  ޒަހާ ވަހީދުއަށް ދެންނެވުނު ސުވާލަކަށް ޖަވާބް ދެއްވަމުންނެވެ.

މިއަދު މެންދު މީދޫގެ މަސްވެރީންނާއި ދަނޑުވެރީންނާއި ބައްދަލުކުރެއްވުމަށް ޝަމްސުއްދީން ސްކޫލްގައި ބޭއްވުނު މިބައްދަލުވުމުގައި ބައިވެރިވި ، ބައިވެރިއަކު ކުރެއްވި ސުވާލަކަށް  ޖަވާބް ދެއްވަމުން ޒަހާ ވިދާޅުވީ ހުޅުމީދޫގައި އަޅާފައިވާ “އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް”  އެެހެންތަނަކަށް ބަދަލުކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށާ އެތަން  އޮޕްރޭޝަނަށް ގެނައުމަށްޓަކައި އައްޑޫސިޓީ ކައުންސިލާއި މިފްކޯއާއި ގުޅިގެން މަސައްކަތް ކުރެވެމުންދާކަމަށެވެ. ޒަހާ ވިދާޅުވީ “އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް” އޮޕްރޭޝަނަށް ގެނެވެންއަންނަނީ ބަނދަރު ހެދިގެންކަމަށާ މިހާރު ބަނދަރުއޮތްގޮތުން އެތަން އޮޕްރޭޝަނަށް ގެނެވެން ނެތްކަމަށެވެ. އެހެންކަމުން ބަނދަރު ހެދުމާއިބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރެވެމުންދާކަމަށް ޒަހާ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19 – ރާއްޖެއިން އިތުރު 68 މީހަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް 19 އަށް ރާއްޖެ އިން އިތުރު 68 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މިއަދު 18:00 އާއި ހަމައަށް ...

ރަންވޭއަށް ޚަރަދުކުރަނީ ބޭކާރު ފައިސާއެއް ނޫން، އެފައިސާ އަނބުރާ ލިބޭނެ – އެމްޔޫ މަނިކު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ރަންވޭއަށް ޚަރަދުކުރަނީ ބޭކާރު ފައިސާ ނޫންކަމަށާއި އެފައިސާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނބުރާ ...

ސަރުކާރު އޮފީސްތަކުގެ ހަރަދު ކުޑަ ކުރަން ފިޔަވަޅުތައް އެޅުމަށް އަންގައިފި

ސަރުކާރު އޮފީސްތަކުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ކޮންމެ އޮފީހަކަށް ވެސް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ރައީސް ...