އައްޑޫސިޓ: ކާފިއު އިއުލާން ކުރި މުއްދަތު ހަމަވެ ޖަމާއަތުގައި ނަމާދުނުކުރުމަށް އެންގި އެންގުމުގެ މުއްދަތުވެސް ހަމަވެއްޖެ

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީގައި އިއުލާންކޮށްފައިވާ ކާފިއުގެ މުއްދަތު މިމަހުގެ ދެވަނަ ދުވަހުން ފެށިގެން އެއްހަފުތާގެ މުއްދަތައް އިތުރުކުރި ކުރުން  އިއްޔެ ( 9 ޖޫން 2021 ) ގެ ނިޔަލަށް މިވަނީ ހަމަވެގެންގޮސްފައެވެ.  އެހެންނަމަވެސް ކާފިއު ހިންގުމަށް އެންގި މުއްދަތު ހަމަވެގެންދިޔައިރު  އެ މުއްދަތު އިތުރު ދުވަސްތަކަކަށް ދަމަހައްޓަން އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އަންގާފައިނުވާތީ އައްޑޫގައި އިއުލާންކޮށްފައިވާ ކާފިއުގެ މުއްދަތު މިހާރު މިވަނީ ހަމަވެގެންގޮސްފައެވެ.

އަދި މީގެ އިތުރަށް އިސްލާމިކު މިނިސްޓްރީންވެސް މިދިޔަ މެއިމަހުގެ  13 ވަނަ ދުވަހުގެ ފަތިސް ނަމާދުން ފެށިގެން 9 ޖޫން 2021 ވަނަ ދުވަހުގެ ފަތިސްނަމާދުގެ ނިޔަލަށް  އައްޑޫގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ނުކުރުމަށް  އެންގި އެންގުމުގެ މުއްދަތުވެސް އިއްޔެގެ ނިޔަލަށް މިވަނީ ހަމަވެފައެވެ.

އައްޑޫގައި ކާފިއު ހިންގަމުން ގޮސްފައިވަނީ  ހަވީރު ހަތަރަކުން ފެށިގެން ފަތިހު 4:00 އަށެވެ. އެ ވަގުތުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުތުން ވަނީ މަނާކޮށްފައެވެ.

އަދި އައްޑޫގައި އެއް އަވަށުން އަނެއް އަވަށަށް އަދި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށާއި، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި، އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެއުޅުން ކާފިއުގެ ދަށުން ހުއްޓާލުމަށް ވެސް އެންގިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މުއިއްޒު ހުވާކުރާ ރަސްމިއްޔާތު އަރަބި، އިނގިރޭސި އަދި މެންޑަރިން ބަހުން އަޑު އެހޭނެ

މިއަދު ހަވީރު ރާއްޖޭގެ ރައީސްކަމާއި ޑރ. މުއިއްޒު ހަވާލުވެވަޑައިގަންނަވާ ރަސްމިއްޔާތު ދުނިޔޭގެ 3 ބަހަކުން އަޑު އެހޭނެ އިންތިޒާމް ...

މިދުއްވެނީ ރަށެއްގެ ފުއްޓަރު ގާތައް މަތީގައޭ ހީވާފަހަރުވެސް މަދެއްނޫން

މީދޫގެ މަގުތަކުގެ ވާހަކައަކީ ދައްކާ ކޮޅުންލާނެ ވާހަކައެއް ނޫނެވެ. އެތައް ބަޔަކު އެކިއެކި ހާޖަތްތައް ފުއްދުމަށް ދުވާލަކު އެތައް ...

ދުނިޔޭގެ 1 ވަނަ ޓެނިސް ކުޅުންތެރިޔާ ޖޮކޮވިޗްއާއި އޭނާގެ އަންހެނުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

17 ގްރާންޑް ސްލޭމް ހޯދައިފާ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގޮތު ހުރި އުމުރުން 32 އަހަރުގެ ...