އީސީގެ ކުރީގެ ނާއިބު ރައީސް ފަޔާޒު މަޖިލިހަށް ކުރިމަތިލައްވަނީ

Advertisement

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ނާއިބު ރައީސް އަޙުމަދު ފަޔާޒު މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންޚާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

ފާޔާޒު ވިދާޅުވީ އޭނާ ވާދަކުރައްވާނީ ހެންވޭރު އުތުރު ދާއިރާގެ ގޮނޑިއަށެވެ. އެގޮނޑިއަށް އޭނާ ވާދަކުރައްވާނީ އަމިއްލަ ގޮތުންނެވެ.

ފަޔާޒަކީ އީސީ ގެ މެމްބަރު ކަމުގައި ހުންނަވަނިކޮށް ސުޕްރީމްކޯޓުގެ ޙުކުމަކުން ވަޒީފާއިން ވަކިކުރައްވައިފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެ މައްސަލަ މުރާޖަޢަ ކޮށްދެއްވުން އެދި ސުޕްރީމް ކޯޓަށް ހުށަހަޅުއްވަން ނިންމަވައިފައެވެ.

ފަޔާޒުގެ އިތުރަށް އީސީގެ އޭރުގެ ރައީސް ފުވާދު ތައުފީގުގެ ވަޒީ ވެސް ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމަވައިފައެވެ. ސުޕްރީމްކޯޓުން އެދެބޭފުޅުން ވަޒީފާއިން ވަކިކުރައްވައިފައިވަނީ އެމަޤާމްތަކުގައި ތިއްބެވުމުގެ ޤާނޫނީ ޙައިސިއްޔަތު ގެއްލިފައިވާ ކަމަށް ކަނޑައެޅުއްވުމަށް ފަހުގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނާއިބު ރައީސް އަޙުމަދު ފަޔާޒު މެމްބަރުކަމުން ވަކިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމަވައިފައިވަނީ 2014 ވަނަ އަހަރުގެ މާރިޗު މަހުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދިރާގު މޯބައިލް އިންޓަނެޓް ޕެކޭޖް ތަކުގެ އަގު ބޮޑުތަނުން ކުޑަކޮށްފި

ރާއްޖޭގެ އެންމެ ޒަމާންވީ މުވާސަލާތީ ކުންފުނި ދިރާގުން އެކުންފުނީގެ މޯބައިލް އިންޓަނެޓް ޕެކޭޖް ތަކުގެ އަގު ހެޔޮކޮށްފި އެވެ. ...

ޕީސީއާރާ ނުލާ 28 ރަށަކަށް ދަތުރުކުރުމުގެ ހުއްދަ ދީފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައެޅި މިންގަނޑަށް ވެކްސިން ފުރިހަމަ ކުރި 28 ރަށުގެ ލިސްޓު އެ ...

އަވިން އިޔާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫއު ބޮޑު ހަ ރަށަށް

އާބާދީ ބޮޑު ހަ ރަށެއްގައި އަވިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫއުއެއް ހިންގުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ. ...