ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ކޮށްފައިވާ 33 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުމަށް އަނބުރާ ޖަލަށް ގެންގޮސްފިއެވެ.

އަނބުރާ ޖަލަށް ގެންދިއުމަށްޓަކައި އަދީބް ދިރިއުޅުއްވާ ގެކޮޅަށް ކަރެކްޝަނަލް ސަރވިސްގެ ބޭފުޅުންނާއި ފުލުހުން ވަޑައިގެން އަދީބު ގެންގޮސްފައިވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ކުރިއަށްދާނެކަމަށް ހޯމް މިނިސްޓަރ މިއަދު ވިދާޅުވެފައި ވަނިކޮށެވެ. ފުލުހުންގެ ސެކިއުރިޓީއާ އެކު އަދީބު ގެންދިޔައީ ކަރެކްޝަނަލް ސަރވިސްގެ ވެހިކަލެއްގައެވެ.

އަދީބު ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށަށް ގެންދިއުމާއި ގުޅިގެން އަދީބުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އަދި އަލަށް އުފެއްދި ސިޔާސީ ޕާޓީއެއްކަމަށްވާ އެމްޓީޑީގެ ނާއިބު ރައީސްކަން ކުރައްވާ ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ރަޝީދު މީޑިއާއަށް ވިދާޅުވީ، އަދީބުގެ ބޭސްފަރުވާއަށްޓަކައި ގޭބަންދަށް ބަދަލުކޮށްފައި ވީނަމަވެސް އަދިވެސް ބޭސްފަރުވާ ނުނިމޭކަމަށެވެ. އަދި އަދީބުގެ ސިއްހީ ހާލަތު ރަނގަޅު ނޫންކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އޭނާ ވަނީ އަދީބު ވަގުތުން ދޫކޮށްލުމަށް ހޯމް މިނިސްޓަރަށާއި ސަރުކާރަށް ގޮވާލައްވާފައެވެ.

“ވަޑައިގެންނެވި ކަރެކްޝަންގެ ބޭފުޅުންނާ އަޅުގަނޑުމެން، އެމްޓީޑީގެ ރައީސް އަދީބު ސުވާލު ކުރެއްވި، ކިހިނެތްތޯއޭ މެޑިކަލް އެބަ އޮތެއް ނޫންތޯއޭ, އަދި މުއްދަތު ހަމަނުވާކަމަށް ވިދާޅުވީމަ ވިދާޅުވީ، ތިމަންނާ މެންނަށް މަތިން އަންގަވާފައޭ އޮތީ ގެންދަން ދެން އެހެން ވީމަ އިތުރަކަށް އިތުރު ތަފްސީލެއް އެބޭފުޅުން ނުދެއްވާ” ޔާމީން ވިދާޅުވިއެވެ.

ޔާމީން މިހެން ވިދާޅުވެފައިވާއިރު، އަދީބުގެ ސިއްޙީ ޙަލާތު ހުރިގޮތުން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައިވަނީ ޑޮކްޓަރު ދެއްވާފައިވާ ލަފައާއި ލިޔެކިއުމާ އެއްގޮތަށް ކަމަށް ހޯމް މިނިސްޓަރ ވަނީ މިއަދު ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެދަށުން އަދީބުގެ ޙުކުމްތައް ތަންފީޒުކުރުމުގެ ކަންތައްތައް ބަލަހައްޓަމުންދާނެ ކަމަށެވެ.

ސިއްހީ ހާލަތު ހުރިގޮތުން ގޭބަންދަށް ބަދަލުކުރި އަދީބު ވަނީ ގޭބަންދުގައި ހުންނަވައިގެން ސިޔާސީ ބައެއް މަސައްކަތް ފަށްޓަވާފައެވެ.

އެގޮތުން އަލަށް އުފެއްދި މޯލްޑިވްސް ތަރޑްވޭ ޑިމޮކްރޭޓްސް އަކީ އަދީބު އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. އެޕާޓިއަށް އެންމެ ފުރަތަމަ ސޮއިކުރެއްވީވެސް އަދީބެވެ. އަދި އެޕާޓިގެ ރައީސްގެ މަޤާމަށް އެޕާޓީގެ ކައުންސިލުން ވަނީ އަދީބު ޢައްޔަންކޮށްފައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ޖަލު ހުކުމެއް ތަންފީޒްކުރަމުންދާ ޤައިދީއަކަށް ސިޔާސީ ޕާޓިއެއްގެ އެއްވެސް މަޤާމެއް ނުފުރެއްވޭނެކަމަށް ވިދާޅުވެފައެވެ.

ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަނާގުޅޭ ބައެއް މައްސަލަތަކާއި ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލަ ސާބިތުވުމާއި ގުޅިގެންނެވެ. ވަކިވަކިން ކޮށްފައިވާ މިޙުކުމްތައް ތަންފީޒު ކުރުމުގައި އަދީބުވަނީ މިހާތަނަށް ތިން އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޮޑެގާޑާ ރަމްސްޑޭލް އާސެނަލަށް ސޮއިކޮށްފި

ނޯވޭއަށް ކުޅޭ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު މާޓިން އޮޑެގާޑް އަދި ޝެފީލްޑް ޔުނައިޓެޑް އަށް ކުޅޭ ގޯލްކީޕަރު އާރޮން ...

ޔޫރޯ 2020: ވޭލްސް ބަލިކޮށް ޑެންމާކް ކުއާޓަރ ފައިނަލަށް

ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ގެ ފުރަތަމަ މެޗް ކާމިޔާބުކޮށް ޑެންމާކް ކުއާޓާފައިނަލަށް ދަތުރު ކޮށްފިއެވެ. ...

ސަންދާނު އަހަންމައިދީ ނިޔާވެއްޖެ

ރައީސް އޮފީހުގެ ހިއުމަން ރައިޓްސް އެމްބެސެޑަރު ކަން ކުރެއްވި އަހުމަދު އިބްރާހިމް ދީދީ (ސަންދާނު އަހަންމައިދީ) ނިޔާވެއްޖެއެވެ. ސަންދާނު ...