މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް- އަލީ އާޒިމް

މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްގެ ރައްދެއް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއަށް ދެއްވައިފިއެވެ.

އާޒިމް މިފަދަ ޓްވީޓެއް ކުރައްވާފައިވަނީ، މިމަހުގެ ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން ބިލު ދައްކަން ރައްޔިތުންނަށް ދަތިވެދާނެކަމަށް ބުނެ ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މުއިއްޒު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

އާޒިމް ވިދާޅުވީ، މިއަދު ސަރުކާރަށް އިޤްތިޞާދީ ގޮތުން މިދިމާވާ ދަތިތަކަކީ، ނިމިދިޔަ ސަރުކާރުން ޚާއްސަކޮށް މުއިއްޒުވެސް ހިމެނި ވަޑައިގަންނަވާ ކެބިނެޓަކުން އަމަލުކުރެއްވި ގޮތަކުން ޖެހެމުންދާ ދަތިތަކެއްކަމަށެވެ. ނަމަވެސް ސަރުކާރުން ދަނީ މިކަންކަން ހައްލުކޮށް ރައްޔިތުންނަށް އަދަށްވުރެ ފަހި މާދަމައެއް ހޯދުމަށް މަސައްކަތް ކުރަމުން ކަމުގައި އާޒިމް ވިދާޅުވިއެވެ.

މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް. އެކަން އެގޮތައް ދިމާމިވަނީ މަނިކުފާނު އިން ކެބިނެޓަކުން ދެކޮޅުނުޖެހޭ އިގްތިޟާދީ ގިނަ ނިންމުންތަކެއް ނިންމުމުގެ ސަބަބުން. އިރާދަފުޅުން މާދަމައަކީ މާރަގަޅުދުވަހަކަށް ހަދާނަން.

– އާޒިމް ވިދާޅުވިއެވެ

އެމްޑީޕީ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަށްފަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ކުއްލި ގޮތަކަށް ބައްލު ކުރެއްވުމަށްފަހު އާޒިމް ސަރުކާރަށް ތާއީދުކޮށް ވަނީ ވާހަކަ ދައްކަވަން ފައްޓާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ބޭއްވި ބައްދަލުވުމަށްފަހު، އާޒިމް ވިދާޅުވީ ބައްދަލުވުމުގައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މަޖިލީހާއި އެހެން މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން ރައީސާއެކު ވާހަކަ ދެކެވުނުކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މަސްދަރު: ޚަބަރު އޮންލައިން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ފަޅުކޮށްފައިވަނީ ސިޔާސީ ފިކުރުތަކުން – އައްބާސް

ހުޅުދޫ ރަށްޔިތުން ހުޅުދޫ ފަޅު ނުކުރާކަމަށާ ހުޅުދޫ ފަޅުކޮށްފައިވަނީ ސިޔާސީ ފިކުރުތަކުންކަމަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުދޫދާއިރާއަށް އަމިއްލަގޮތުން ...

ގައުމު ސްޓްރީޓް ކަޕް – ލޮތަރި އާއި ރިވެރިންގެ ކުރިމަތިލުން- ފައިނަލްމެޗު މިރޭ

ގައުމު ސްޓްރީޓްގެ ނަމުގައި މީދޫގައި ބާއްވަމުން އައި  ސްޓްރީޓް ކަޕް ފުޓްބޯޅަ  މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. ...

ޖޫންގެ ނިޔަލަށް ކޮންޓްރެކްޓްތައް ހަމަވާ ކުޅުންތެރީންގެ ކޮންޓްރެކްޓްތަކަށް ހައްލެއް ހޯދަނީ ؟

ޖޫންމަހުގެ ނިޔަލަށް ކޮންޓްރެކްޓްތައް ހަމަވާ ކުޅުންތެރީންގެ ކޮންޓްރެކްޓްތައް މިސީޒަން ނިމެންދެން ދިގުދަންމާލަން މަޝަވާތައް ފަށައިފިއެވެ. ކުޅުންތެރީންގެ ހައްގުތައް ހިމާޔަތްކޮށްދޭ ...